އަބްދުﷲ ޝާހިދުގެ ގެކޮޅު ދޮރުމައްޗަށްވާގޮތަށް ކަނޑުވިއްކުމާ ދެކޮޅު ބެނާ ދަމައިފި

ފޮރިން މިނިސްޓަރު އަބްދުالله ޝާހިދުގެ ގެކޮޅު ދޮރުމައްޗަށްވާގޮތަށް ކަނޑުވިއްކުމާ ދެކޮޅު ބެނާ ދަމައިފިއެިެވެ.
ޗާގޯސް މައްސަލައިގައިރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ވިއްކާލާފައިވާ ކަމަށް ބުނެ "ކަނޑު ވިއްކުމާ ދެކޮޅު އިއްތިހާދު"ން މާލޭގައި ބޮޑު އެއްވުމެއް ބާއްވަން ރާވާފައި ވަނީ އަންނަ ހުކުރު ދުވަހުއެވެ.
މި ރެލީގެ އިތުރުން ޗާގޯސް މައްސަލައިގައި އިންޓަނޭޝަނަލް ޓްރައިބިއުނަލް އޮފް ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)ގެ ނިންމުން ރާއްޖެއިން ބަލައިނުގަންނާނެ ކަމަށް މޮރިޝަސްގެ ސަރުކާރަށާއި އިޓްލޮސްއަށް އަދި ކަމާބެހޭ އެހެނިހެން ފަރާތްތަކަށް އެންގުމާ އެކު އެ މައްސަލަ ބަލައިދިނުމަށް އިޓްލޮސްއަށް ހުށަހެޅުމަށް އެދި ޕެޓިޝަނެއް އެކުލާވާލައި، އޭގައި ސޮއި ކުރަންވެސް އިދިކޮޅުން ވަނީ ފަށާފައެވެ. 
Advertisement
ހުކުރު ދުވަހު ބާއްވަން ނިންމާފައިވާ މި އެއްވުމާގުޅޭ ބެނާތައް މާލޭގެ އެކި ހިސާބުގައި ދަމާފައި ވެއެވެ.
އިދިކޮޅުން ބާއްވާ އެ ރެލީ އަކީ އެ އިއްތިހާދުން ކަނޑު ވިއްކާލުމާއި ދެކޮޅަށް ބާއްވާ އެންމެ ބޮޑު ހަރަކާތެވެ. ނަމަވެސް ކަނޑު ވިއްކުމާއި ދެކޮޅު އިއްތިހާދުގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވަނީ އެ ޕާޓީގެ މެންބަރުން އެ ރެލީގައި ބައިވެރިނުވުމަށް އެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ