މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މެދު ރާއްޖެތެރެއަށް ހުދުސަމާލު ނެރެފި

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މެދު ރާއްޖެތެރޭގެ ރަށްތަކަށް ހުދު ސަމާލު ނެރެފިއެވެ.
ސަމާލު ނެރެފައިވަނީ ބ. އަތޮޅުން ފެށިގެން ދ. އަތޮޅާއި ހަމައަށެވެ. އެލާޓު ނެރެފައިވަނީ ހެނދުނު7:30 ން މެންދުރު1:30 އަށެވެ.
މެޓު އޮފީހުން ލަފާ ކުރާގޮތުގައި އެ ވަގުތުތަކުގައި އެ ސަރަހައްދަށް އާންމުކޮށް ވައި ޖެހޭނީ19 މޭލާއި24 މޭލާއި ދެމެދުގެ ބާރު މިނުގައި އެވެ. ވިލާގަނޑުގައި40 މޭލަށް ވައި ގަދަވާނެ އެވެ.
Advertisement
އަދި ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.
މެޓް އޮފީހުން ވަނީ މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފައި އެވެ.
ޢާންމު ގޮތެއްގައި ޖޫން ޖުލައި އާއި ދިމާކޮށް ރާއްޖޭގެ މޫސުން ކޮންމެ އަހަރުކުވެސް ގޯސްވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ