ނާބުލްސް ގައި ފަލަސްޠީނުގެ 3 މީހަކު ޝަހީދު ކޮށްލައިފި

ފަލަސްޠީނުގެ ނާބުލުސް ގައި އިޒްރާއިލް ސިފައިން ހިންގި މިލިޓަރީ ރެއިޑެއްގައި ފަލަސްޠީނުގެ 3 މީހަކު ޝަހީދުކޮށްލައިފިއެވެ.
ނާބުލުސްގައި ހުންނަ ބަލާތާ ރެފިޔުޖީ ކޭމްޕްގައި އިޒްރާއިލްގެ މިލިޓަރީއިން ހިންގި ރެއިޑުގައި ޝަހީދުވެފައި ވަނީ 3 ޒުވާން ފިރިހެނުން ކަމަށް ޕަލަސްޠީނުގެ ހެލްތް މިނިސްޓްރީ އިން ބުނެފައިވެއެވެ.
އިޒްރާއިލް ސިފައިންގެ ހަމަލާތަކުގެ ސަބަބުން އިތުރު ހަތް މީހަކަށް އެކިވަރުގެ އަނިޔާލިބިފައިވާ ކަމަށާއި އަދި އިތުރު އެތައް ބަޔަކަށް ކަރުނަ ގޭަސް ޖެހުުމުގެ ސަބަބުން އޭގެ އަސަރު ކޮށްފައި ވާކަމަށް ވެސް ފަލަސްޠީނުގެ ހެލްތް މިނިސްޓްރީ  އިން ބުނެފައިވެއެވެ.
Advertisement
ރޭ ދަންވަރު 1 ޖެހިއިރު ފެށި ރެއިޑް ފަތިހު 5 ޖަހަންދެން ކުރިއަށް ގެންދިޔައިރު އިޒްރާއިލްގެ ސްޕެޝަލް ފޯސްގެ އެތައް ސަތޭކަ ސިފައިނެއް ވަނީ ބައިވެރިވެފައެެވެ.
މި ރެއިޑުގައި އިޒްރާއިލް ސިފައިން އެމީހުންގެ ޓޭންކަރު ތައް ބޭނުން ކޮށްގެން ވަނީ ބަލާތާ ކޭމްޕަށް ވަދެ ނުކުމެ ހަދާ ދޮރު ބަންދުކޮށްފައި ވެއެވެ.
އަދި ޓޭންކަރުތައް ބޭނުން ކޮށްގެން ބައެއް ގެތައް ހަލާކުކޮށް ގެއްލުން ތަކެއް ދީފައިވެއެވެ.
ބަލާތާގައި ހުރި އަލްޖަޒީރާގެ ރިޕޯޓަރު ބުނި ކަމަށް އަލްޖަޒީރާގައި ބުނެފައި ވަނީ މަދުވެގެން 7 ގެއަކަށް ޓޭންކަރުތަކުން ގެއްލުން ދީފައި ވާކަމަށެވެ.
މިއަހަރުގެ ފުރަތަމަ ދުވަހުން ފެށިގެން މިހާތަނަށް އިޒްރާއިލުން ފަލަސްޠީނުގެ  156 މީހަކު ޝަހީދުކޮށްލައިފައި ވެއެވެ. މީގެ ތެރޭގައި 26 ކުޑަ ކުދިންވެސް ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ