އިންޓަ ސްކޫލް ބެޑްމިންޓަން މުބާރާތް ފަށައިފި

14 ވަނަ އިންޓަ ސްކޫލް ބެޑްމިންޓަން މުބާރާތް ފަށައިފި އެވެ.
ޖުމްލަ 20 ސްކޫލަކުން 450 އަށް ވުރެ ގިނަ ކުދިން ވާދަކުރާ މިމުބާރާތް މިމަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައި ވާއިރު، މުބާރާތުގައި އަތޮޅު ތަކުން ވަދަކުރަނީ ޖުމްލަ އަށް ސްކޫލަކުންނެވެ. އަދި މާލެއިން ވާދަކުރަނީ 12 ސުކޫލަކުންނެވެ.
ބެޑްމިންޓަން އެސޯސިއޭޝަނުން ބުނީ، މުބާރާތުގެ އޯޕަން އިވެންޓުގެ އުމުރުފުރާތައް ބެހިފައި ވަނީ ހަތަރު ބަޔަަކަށް ކަމަށާއި އެއީ 12 އަހަރުންދަށުގެ ސިންގަލް އާއި 14 އަހަރުންދަށުގެ ސިންގަލްސް އަދި ޑަބަލްސް އާއި 16 އަހަރުންދަށުގެ ސިންގަލްސް، ޑަބަލްސް އަދި މިކްސްޑަބަލްސް އާއި 19 އަހަރުން ދަށުގެ ސިންގަލްސް، ޑަބަލްސް އަދި މިކްސްޑަބަލްސް އެވެ.
މީގެ އިތުރުން މުބާރާތުގެ ޓީމް އިވެންޓުގެ ބައިގައި ޖުމްލަ 18 ސްކޫލަކުން ބައިވެރިވެފައި ވާއިރު، ޓީމް އިވެންޓުގެ އުމުރު ފުރާތައް ކުރިއަށް ގެންދިއުމަށް ނިންމާފައި ވަނީ ތިން ބަޔަކަށް ބަހާލައިގެންނެވެ. އެގޮތުން އެބައިތަކަކީ 14 އަހަރުން ދަށުގެ އަންހެން ފިރިހެން ބަޔާއި 16 އަހަރުން ދަށުގެ އަންހެން އަދި ފިރިހެންގެ އިތުރުން 19 އަހަރުން ދަށުގެ އަންހެން އަދި ފިރިހެން ކުދިންގެ އުމުރުފުރާ ކަމަށް ވެސް ބެޑްމިންޑަން އެސޯސިއޭޝަނުން މައުލޫމާތު ދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ