މާލޭގެ ބޮޑު ބަޔަކުން ކަރަންޓް ކެނޑިއްޖެ

މާލޭގެ ބޮޑު ބަޔަކުން ކަރަންޓް ކެނޑިއްޖެ އެވެ.
ސްޓެލްކޯއިން ބުނީ، މާލޭގެ ބައެއް ސަރަހައްދު ތަކުން ކަރަންޓް ގޮސްފައިވަނީ ޖަނަރޭޓަރަށް ދިމާވި މައްސަލައެއްގެ ސަބަބުން ކަމަށެވެ. މިހާރު ކަރަންޓް ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަަމަށާއި ވަރަށް އަވަހަށް ކަރެންޓް ލިބޭނެ ކަމަށް ވެސް ސްޓެލްކޯއިން މައުލޫމާތު ދެއެވެ.
ކަރަންޓް ގޮސްފައި ވަނީ މިއަދު މެންދުރު ފަހު 3:00 އެހާއިރު ކަމަށާއި އޭނގެ ފަހުން އަދި ކަރަންޓް އައިސްފައިނުވެއެވެ.
މާލޭގެ ވަރަށް ގިނަ ސަރަހައްދުތަކުން ކަރަންޓް ގޮސްފައިވާއިރު ކަރަންޓް ލިބޭނެ ވަކި ވަގުތެއް ސްޓެލްކޯއިން އަދި ހާމައެއް ނުކުރެއެވެ.
ވީނިއުސްއަށް އިނގިފައިވާ ގޮތުގައި މާފަންނާއި ހެންވޭރުން ވެސް ވަނީ ކަރަންޓް ގޮސްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ