ކަރަންޓް މައްސަލަ ހައްލުކުރަން މާލޭގައި އިތުރު ހަތަރު ޖަނަރޭޓަރު ބަހައްޓަނީ

މިނިވަން 50 އާއި ގުޅިގެން މާލޭގައި ކަރަންޓް ބޭނުންކުރާ ނިސްބަތް އިތުރުވެފައިވާތީ، ކަރަންޓްގެ ކެޕޭސިޓީ އިތުރު ކުރުމުގެ ގޮތުން ހަތަރު ޖަނަރޭޓަރު ބަހައްޓަން ނިންމަފައިވާ ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.
މާލެއަށް ކަރަންޓް ދިނުމަށް ބޭނުންކުރާ އެންމެ ބޮޑު ދެ ޖަނަރޭޓަރުގެ ތެރެއިން އެއް ޖަނަރޭޓަރު ހަލާކުވެފައި ވާތީ ކަރަންޓް އުފެއްދޭ މިންވަރު ދަށްވެފައިވާ ކަމަށް އެސްޓީއޯއިން ބުނެއެވެ. އަދި ޖަނަރޭޓަރު މަރާމާތުކޮށް އަލުން ހިންގަން ފެށޭވަރުވާނީ ދެހަފްތާއެއްހާ ދުވަސް ފަހުން ކަމަށްވެސް ސްޓެލްކޯއިން ބުނެއެވެ.
މިނިވަން 50 އާއި ގުޅިގެން މާލޭގައި ކަރަންޓް ބޭނުންކުރާ ނިސްބަތް އިތުރުވެ ކަރަންޓް ކެނޑިދާނެތީ އެކަން ހައްލު ކުރުމުގެ ގޮތުން އިތުރު ހަތަރު ޖަނަރޭޓަރު ބަހައްޓަން ނިންމާފައިވާ ކަމަށާއި އެ ހަތަރު ޖަނަރޭޓަރު ބެހެއްޓުމުން ކަރަންޓްގެ މައްސަލަ ހައްލުވާނެ ކަމަށް ސްޓެލްކޯއިން ބުނެއެވެ.
މާލޭގެ ކަރަންޓުގެ ކެޕޭސިޓީ އިތުރު ކުރުމަށް ޖުލައި 26 ގެ ކުރިން މާލޭގައި ހުރި 1.6 މެގަ ވޯޓްގެ ދެ ޖަނަރޭޓަރު އިންސްޓޯލް ކުރުމަށްފަހު ކަރަންޓް ފޯރުުކޮށްދޭން ފަށާނެ ކަަމަށް އެސްޓީއޯއިން ބުނެއެވެ.
މީގެއިތުރުން ސްޓެލްކޯއިން ބުނީ ފެނަކަ ކޯޕަރޭޝަނުގެ އެހީގައި އައްޑޫގައި ހުރި ދެ މެގަވޯޓްގެ ދެ ޖަނަރޭޓަރު މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި އެ ޖަނަރޭތަރުތައް މާލެ ގެނެވޭނެ ކަމަށެވެ. އަދި ޖަނަރޭޓަރުތައް ލިބުމުން އިންސްޓޯލްކޮށް ކަރަނަޓްދޭން ފަށާނެ ކަަމަށްވެސް ސްޓެލްކޯއިން ބުނެއެވެ.
މިނިވަން 50 އާއި ގުޅިގެން ކަރަންޓް ބޭނުންކުރާ މިންވަރު އިތުރުވެފައިވާ ކަމަށާއި އަލަށް އިންސްޓޯލްކުރާ ހަތަރު ޖަނަރޭޓަރާއެކު އެއްވެސް މައްސަލައެއް ނެތި ކަރަންޓް ފޯރުކޮށްދެވޭނެ ކަމަށްވެސް ސްޓެލްކޯއިން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ