"އެއީ އާދަޔާ ޚިލާފަށް ބާރު އަޑެއް، ހުރިހާ އެއްޗެއް ގުޑުނު، ކުދި ދޮރުތައް ގުޑުނު، އެ އަޑުގެ ސަބަބުން މީހުން މޮޔަވާވަރުވި" ނައިޓްކްލަބެއް ކާރީ ހުރި ރޫޑީ އަލްސީޑް ބުނެފައިވެއެވެ.
ވައިޓް ހައުސްގެ ރަސްމީ ފަރާތްތަކުން ހާމަކުރާގޮތުގައި، ރައީސް ބަރަކް އޮބާމާ މިކަމާއި ގުޅިގެން ހިންގަވާ ތަޙްޤީޤްތަކުގެ އެންމެ ފަހުގެ މަޢްލޫމާތުތައް ގާތުން ބައްލަވަމުން ގެންދަވައެވެ.
ޗެލްސީއަކީ ނިޔު ޔޯކްގެ މެންހެއްޓޭންގެ އެންމެ ތަހްޒީބު ފެޝަން އަވަށްތަކުން އަވަށެކެވެ. ހަފްތާ ބަންދުގައި ބަރތަކާއި އަދި ރެސްޓޯރެންޓްތަކުގައި ޢާއްމުގޮތެއްިގައި މީހުން ތޮއްޖެހި ކާރުބާރުބޮޑވެއެވެ. ގޮވުމުގެ ސަބަބުން އެ ސަރަހައްދުގެ މީހުންނަށްވަނީ ބޮޑު ސިހުމެއް ލިބިފައެވެ.
ޤާނޫނު ތަންފީޛް ކުރައްވާ ފަރާތްތަކުން ހާމަކުރައްވާ ގޮތުގައި ދެވަނައަށް ފެނުނު ގޮވާއެތި ޗެލްސީގެ ސަރަހައްދަކުން ފެނިފައިވަނީ ޕްރެޝަރ އުނދުނަކަށް ވައިރުނަރުއޮޅާ އަދި މޮބައިލްފޯނަކާއެކުގައެވެ. ޕޮލިހުން ބުނާގޮތުގައި މިހާރު އެ ގޮވާއެތިވަނީ ރައްކާތެރިކަމާއެކު ނައްޓާލެވިފައެވެ.
ފެންނަންހުރި ހެކިތަކަށްބަލާއިރު މިއީ ގަސްދުގައި ބަޔަކު ހިންގާފައިވާ، ޙަރަކާތެއްކަމަށް މިސްޓަރ ބިލް ޑި ބްލޭޒިއޯ ވިދާޅުވެއެވެ.
އަހަރެމެން އިޚްލާޞްތެރިވާންޖެހޭ، މިހާދިސާއާއި ޓެރަރިސްޓުންނާއި ގުޅުމެއްވާކަމުގެ ހެއްކެއް ފެންނާކަށް ނެތް" އިތުރަށް ބްލޭޒިއޯވި ދާޅުވެފައިވެއެވެ.
ނިޔު ޔޯރކް ސިޓީގެ ކާރުބާރު ބޮޑު އަވަށެއްގައި އެއްޗެއް ގޮއްވާލުމުގެ ސަބަބުން މަދުވެގެން 29 މީހުން ޒަޚަމްވެއްޖެއެވެ.
ނިޔު ޔޯރކްގެ ޗެލްސީގައި އާދީއްތަވިލޭރޭ ހިނގިި ގޮއްވާލުމުގެ މި ހާދިސާއަކީ ގަޞްދުގައި ބަަޔަކު ގޮއްވާލި ގޮއްވާލުމެއްކަމަށާއި މި އެހާސާފުނޫން ކަމަށް، މޭޔަރ ބިލް ޑި ބްލޭޒިއޯ ސިފަކުރައްވައެވެ. އަދި މި ހާދިސާއާއި ޓެރެރިސްޓުންނާއި ގުޅުމެއްވާކަމަށް ފާހަގަކުރެވިފައި ނުވާކަމަށްވެސް މޭޔަރ ވިދާޅުވިއެވެ.
ގޮވުމުގެ އަޑުގެ ސަބަބުން ޢިމާރާތްތަކުގެ ކުދިދޮރުތައް ތަޅައިގެންދިޔަކަމަށާއި އެތައް ހިސާބަކަށް ދުރަށް އަޑު އިވިފައިވާކަމަށް ބީބީސީ ރިޕޯރޓްކުރެއެވެ.
ޚަބަރުތައް ބުނާގޮތުގައި ޗެލްސީގެ އެހެން ހިސާބަކުން މީގެ އެހެން ޑިވައިސްއެއް ކަރަންޓް ވައިރުއޮޅާ ޕްރެޝަރ އުނދުނަކަށް ލާފައިވަނިކޮށް ވަނީފެނިފައެވެ.
ނިއު ޔޯރކް ފަޔަރ ކޮމިޝަނުން ހާމަކުރައްވާގޮތުގައި މިހާދިސާގައި މިހާތަނަށް މީހަކު މަރުވެފައެއްނުވެއެވެ. އެހެންނަމަވެސް ހާދިސާގައި އަނިޔާވި އެކަކުވަނީ ސީރިއަސް ޙާލަތެއްގައެވެ. ގިނަ މީހުންނަށް އަނިޔާވެފައިވަނީ ގޮވުމުގެ ސަބަބުން ބުރައިގެން ދިޔަ ބިއްލޫރިންނާއި، ކުދިކުދި އެތިކޮޅުތަކުންނެވެ.
މި ގޮވުން ގޮވާފައިވަނީ ޖީއެމްޓީ ގަޑިން އާދީއްތަ ވިލޭރޭ މެންދަމު 1.00 ގައެވެ. މިއީ ނިޔުކޯރކްގަޑިން ހޮނިހިރުދުވަހުގެ ރޭ 9.00 އެވެ. މަންޒަރު ލޮލުންދުށް މީހުން ބުނާގޮތުގައި އާދަޔާޚިލާފަށް ބާރުގަދަ މި ގޮވުމުގެ ސަބަބުން މީހުން ދުވެ ހުރިހާ ފަރާތަކުންވަނީ ނުކުމެފައެވެ.
ޔަޤީންނޫން ރިޕޯރޓްތައް ބުނާގޮތުގައި މި ގޮވުން ގޮވާފައިވަނީ ޑަސްބިނެއްގެ ތެރެއިންނެވެ. ޕޮލިހުންވަނީ މި ސަރަޙައްދުހިމެނޭ ގެތައްހިމެނޭ ކޮށިތައް ބަންދުކޮށްފައެވެ.
ގަަސްދުގައި ގޮއްވާލި އެއްޗެއްގެ ސަބަބުން 29 މީހުން ޒަޚަމްވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ