ފަތުރުވެރިކަން އިޝްތިހާރު ކުރަން ޓެޒް ސްކައިލާ ރާއްޖެ އަތުވެއްޖެ

ނެޓްފްލިކްސްގެ އެންމެ ކާމިޔާބު ޝޯގެ ރެކޯޑު މުގުރަލި ''ވަން ޕީސް'' ސީރީޒްގެ ލީޑް ކެރެކްޓާއެއް ކަމަށްވާ ސަންޖީގެ ރޯލުން ފެންނަ ޓެޒް ސްކައިލާ، ގްލޯބަލް އެމްބެސެޑަރެއްގެ ގޮތުގައި ފަތުރުވެރިކަމާއި ރީތިކަން އިޝްތިހާރު ކުރަން ރާއްޖެ އަތުވެއްޖެއެވެ. ރާއްޖޭގެ ގުދުރަތީ ރީތިކަމާއި މުއްސަނދި ސަގާފަތް އިޝްތިހާރު ކުރުމަށް ވިޒިޓް މޯލްޑިވްސް (ވީއެމްސީ)ގެ ގްލޯބަލް އެމްބެސެޑަރަކަށް ސްކައިލާ ހަމަޖެއްސީ މިދިޔަ ހަފުތާގައެވެ. އަންނަ މަހުގެ 15 ނިޔަލަށް ސްކައިލާ ރާއްޖޭގައި ހޭދަކުރާއިރު، މި ދަތުރުގައި އޭނާ، ރާއްޖޭގެ މަޖާ ކަންތައްތަކާއި ކެއުންބުއިމާ ގުޅުންހުރި މާކެޓިން ހަރަކާތްތަކުގައި ބައިވެރިވާނެ ކަމަށް ވީއެމްސީން ބުނެއެވެ. https://sun.mv/210196 ސްކައިލާގެ އިންސްޓަގްރާމްގައި 1.8 މިލިއަނަށް ވުރެ ގިނަ ފޮލޯވަރުން ތިބިއިރު، އެވަރެޖުކޮށް 45،000 ލައިކްސްއާއި 300އަށް ވުރެ ގިނަ ކޮމެންޓް ލިބެއެވެ. އެހެންވެ، ސްކައިލާގެ ޕޯސްޓުތަކުން ރާއްޖއަށް ޝައުގުވެރިވާ މީހުން އިތުރުކުރެވޭނެ ކަމަށް އެ ކޯޕަރޭޝަނުން އުންމީދުކުރެއެވެ. 'ވަން ޕީސް'އަކީ، ވަން ޕީސް ކިޔާ އަގުހުރި އެއްޗެއް ހޯދައި، 'ޕައިރެޓް ކިންގް'ގެ ލަގަބު ހޯދަން ބޭނުންވާ ޒުވާނަކާއި އޭނާގެ ކުރޫ ދައްކުވައިދޭ ގޮތަށް 1997ގައި އުފައްދަން ފެށި މަންގާއެކެވެ. އެ ސީރިސް މިހާރު ވެސް ކުރިއަށްދާއިރު، ނެޓްފްލިކްސްގެ ލައިވް އެކްޝަން ނެރެފައިވަނީ 2023ގައެވެ. އެއާއެކު އެ ސީރީސްއަކީ 84 ގައުމެއްގައި އެންމެ ގިނައިން ބަލާ ޝޯއަށް ވިއެވެ. އެއީ މިހާތަނަށް އުފެއްދި އެންމެ މޮޅު އެއް ލައިވް-އެކްޝަން އެނިމޭ އެޑަޕްޝަންގެ ގޮތުގައި ގިނަ ބަޔަކު ސިފަކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ