ތ. އަތޮޅުގެ 4 ރަށެއްގައި ރައްޔިތުން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމެއް ފުލުހުން ހިންގައިފި

ތ. އަތޮޅު ގެ 4 ރަށެއްގައި ރައްޔިތުން ހޭލުންތެރިކުރުމުގެ ގޮތުން ޕްރޮގްރާމެއް ހިންގައިފިއެވެ.
އެގޮތުން މި ޕްރޮގަރާމު ހިންގީ ކަނޑޫދޫއާއި ވަންދޫއާއި އޮމަދޫ އަދި ކިނބިދޫގެ ރައްޔިތުން ހޭލުންތެރި ކުރުވުމަށެވެ.
ޑިސެމްބަރު މަހުގެ 25 ން 27 އަށް ހިންގި މި ޕްރޮގްރާމަކީ ތ. ވޭމަންޑޫ ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓް އަދި ތ. އަތޮޅު ކައުންސިލް ގުޅިގެން ހިންގި ޕްރޮގްރާމެކެވެ.
އެރަށްރަށުގައި ވަކިވަކިން ހިންގި މި ޕްރޮގްރާމުގައި ގެވެށި އަނިޔާއަކީ ކޮބައިކަމާއި ގެވެށިއަނިޔާގެ ސަބަބުން ދިރިއުޅުމަށްކުރާ އަަސަރުތަކާއި ގެވެށި އަނިޔާކުރާ ކަމަށް މައުލޫމާތެއް ލިބިއްޖެނަމަ އަމަލު ކުރާނެ ގޮތާއި، ކުޑަކުދިންނަށް ކުރާ ޖިންސީ ހާނިއްކައާއި އެކުދިންނާމެދުކުރާ ތަފާތު އަނިޔާތަކާ ބެހޭގޮތުން މައުލޫމާތުދީފައިވެއެވެ.
މީގެއިތުރުން މި ޕްރޮގްރާމުގައި ރަނގަޅު ގޮތުގައި ދަރިން ތަރުބިއްޔަތު ކުރާނެ ގޮތްތަކާއި, ކުޑަކުދިންކުރާ ކުށްތަކާއި، އެކުށްތަކުން އެކުދިން ސަލާމަތްކުރުމަށް ކުރެވިދާނެ ކަންކަމާއި ހަރުދަނާ ޖީލެއް ބިނާކުރުމުގައި މައިންބަފައިގެންގެ ދަޢުރަކީ ކޮބައިކަމާއި އެދަޢުރުގެ މުހިންމުކަމުގެ އިތުރުން ގެވެށިއަނިޔާއާއި ބެހޭ ޤާނޫނާއި ކުޑަކުދިންގެ ޤާނޫނަަށް އަލިއަޅުވާލައި މައުލޫމާތު ދީފައިވެއެވެ.
މި ޕްރޮގްރާމުގައި މަޢުލޫމާތު ދިނުމުގެ ސެޝަންތަކުގެ އިތުރުން އެރަށްރަށުގައި ވަނީ ގެވެށި އަނިޔާތަކާއި ދެކޮޅަށް ހިނގާލުމެއްވެސް ކުރިއަށް ގެންގޮސްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ