ތިނަދޫން ފެނުނު ތުއްތު ކުއްޖާ ވިހޭ ކަމުގެ ތުހުމަތުގައި އަނެއްކާވެސް ގައްދޫން އަންހެނަކު ހައްޔަރުކުރަން އުޅުމުން ރައްޔިތުން ރަތަށް!

އެއްލާލާފައި އޮއްވާ ގދ. ތިނަދޫން ގަރާޖެއްގެ ތެރެއިން ފެނުކު ތުއްތު ކުއްޖާގެ މައްސަލާގައި އެ އަތޮޅު ގައްދޫއިން އަންހެނަކު ހައްޔަރު ކުރުމަށް ފުލުހުން ދިއުމުން އެ ރަށުގެ ބައެއް އާންމުން އަނެއްކާވެސް ނުކުމެ އެކަމާ ދެކޮޅަށް އަޑުއުލައިފި އެވެ.
ގައްދޫ ރަށު ކައުންސިލްގެ މެންބަރު ނިޒާރު އަބްދުﷲ މިރޭ ވިދާޅުވީ ތިނަދޫ ފުލުހުން މިއަދު އެރަށަށް ގޮސް އަންހެނަކު ހައްޔަރު ކުރަން ބޭނުންވާ ކަމަށް ބުނުމުން އެ ރަށުގެ އާންމުންގެ ތެރެއިން ބަޔަކު ނުކުމެ ރަށުގެ ޕޮލިސް ސްޓޭޝަން ކައިރީގައި އެކަމާ ދެކޮޅަށް އަޑު އުފުލާފައިވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން ފުލުހުން ކޯޓް އަމަރުގެ ދަށުން އެ އަންހެން މީހާ ހައްޔަރު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
ނިޒާރު ވިދާޅުވީ އެކަމާ ގުޅިގެން ކައުންސިލުން ފުލުހުންނާ ބައްދަލު ކުރި ކަމަށާއި އެ ބައްދަލުވުންތަކުގައި ފުލުހުން ބޭނުންވީ އެ އަންހެން މީހާ ރަށުން ބޭރަށް ގެންގޮސް ބަލިވެ އިނދެ، ވިހާފައިވޭތޯ ބެލުމަށް ޓެސްޓު ކުރުމަށް ކަމަށެވެ.
ނަމަވެސް އެ އަންހެން މީހާ ރަށުން ބޭރަށް ގެންދަން ކައުންސިލުން އެއްބަސްވެފައި ނުވާ ކަމަށެވެ. އަދި އެ އަންހެން މިހާ ވިހާފައި ނުވާ ކަމަށް ބުނެ އެ ރަށު ހޮސްޕިޓަލުން ނެރެފައިވާ ރިޕޯޓް ފުލުހުންނަށް ދައްކާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ބުނިން ގައްދޫގަ އެބަހުއްޓޭ ސިއްސީ މަރުކަޒެއް. ތިން ޑޮކްޓަރުން އެބަތިއްބޭ. އަންހެނުންގެ ސްޕެޝަލިސްޓެއް އެބައިނޭ. އެ ޑޮކްޓަރު ދީފައި އެބައިން ރިޕޯޓެއް މީގެ ކައިރީ މުސްތަގުބަލެއްގައި ވެސް އެ ގެންދަން އުޅޭ އަންހެނަކު ނެތޭ ވިހާފަ،" ނިޒާރު ވިދާޅުވި އެވެ.
ފުލުހުން ބޭނުންވަނީ އެ އަންހެން މީހާ އެ އަތޮޅު ތިނަދޫއަށް ނުވަތަ ގއ. ވިލިނގިއްޔަށް ގެންގޮސް ޓެސްޓު ކުރުމަށް ކަމަށް ނިޒާރު ވިދާޅުވި އެވެ. ނަމަވެސް އާންމުންގެ އެދުމުގެ މަތިން ކައުންސިލުން ފުލުހުން ގާތު އެދިފައި ވާނީ އެ އަންހެން މީހާ ޓެސްޓު ކުރުމަށް "ފުލުހުން ބޭނުންވާ ޑޮކްޓަރަކު" ގައްދުއަށް ގެނެސްގެން ޓެސްޓު ހެދުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެވެ. އަދި އެ ޓެސްޓުތަކުގައި އެ އަންހެން މީހާ "ވިހާފައިވާ ކަމަށް ޝައްކު ކުރެވެންޏާމުން ވެސް" އޭނާ ފުލުހުން ހައްޔަރު ކުރިޔަސް "ހެޔޮ" ކަމަށް ނިޒާރު ވިދާޅުވި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އެ މައްސަލާގައި ފުލުހުން ގދ. އަތޮޅުގެ ރަށްތަކުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ. އަދި ތަހުގީގަށް ބޭނުންވާ މައުލޫމާތު ހޯދުމަށްޓަކައި ފުލުހުންގެ ބެލުމުގެ ދަށަން ބައެއް މީހުން ގެންދާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ފުލުހުން ވަނީ މީގެ ކުރިން ވެސް އެ ރަށުން ތިން އަންހެނަކު ހައްޔަރު ކުރުމަށް މަސައްކަތްކޮށްފަ އެވެ. އަދި އެ ތިން އަންހެނުން ވެސް އެ ރަށު ހޮސްޕިޓަލުން ޓެސްޓު ކުރުމުން ވެސް ފަހުގެ ތާރީހެއްގައި އެއިން އަންހެނަކު ވިހާފައި ނުވާ ހޮސްޕިޓަލުން ބުނެފައިވާ ކަމަށް ކައުންސިލުން ބުންޏެވެ.(function() { var scribd = document.createElement("script"); scribd.type = "text/javascript"; scribd.async = true; scribd.src = "http://www.scribd.com/javascripts/embed_code/inject.js"; var s = document.getElementsByTagName("script")[0]; s.parentNode.insertBefore(scribd, s); })();
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ