އިހުސާންތެރިކަމުގައި ނޫނީ ވެރިންނަށް ކާމިޔާބު ނެތްކަން ހާމަވެއްޖެ - އުމަރު ނަސީރު

ރާއްޖޭގައި އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުން، އަދުލުވެރިކަމާއި އިހުސާންތެރިކަމުގައި މެނުވީ ވެރިންނަށް ކާމިޔާބު ނެތްކަން ހާމަވެގެން ގޮސްފައިވާ ކަމަށް ކުރީގެ ހޯމްމިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
އުމަރު ނަސީރު ވިދާޅުވީ އިއްޔެގެ އިންތިހާބަކީ އެންމެނަށްވެސް ހުރި އިބުރަތެއް ކަމަށެވެ. އެގޮތުން އިހުސާންތެރިކަމާ ނުލައި ވެރިންނަށް ކާމިޔާބު ނުވާނެ ކަމަށް މިއިންތިޚާބުން އެނގިގެން ގޮސްފައިވާ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
އިިންތިހާބުގެ ވަގުތީ ނަތީޖާ މިހާރު އިއުލާންކޮށްފައިވާއިރު އިންތިހާބުގައި 30،000 އަށްވުރެ ގިނަ ވޯޓުން ކުރީގައި ހުންނެވީ އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ)އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ