އާދިއްތަ ދުވަހު ސްކޫލް ތަކުގައި ކިޔެވުން ފެށޭނެ- އެޑިއުކޭޝަން

މިއަހަރުގެ އެކަޑަމިކް ކަލަންޑަރުގައިވާ ފަދައިން އަންނަ އާދީއްތަ ދުވަހު ސަރުކާރުގެ ހުރިހާ ސްކޫލެއްގައިވެސް ކިޔެވުން ފެށޭނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފިއެވެ.
އެކަން އެމިނިސްޓްރީން މިހާރުވަނީ ބެލެނިވެރިންގެ ސަމާލުކަމަށްވެސް ގެނެސްފައެވެ.
ކިޔެވުން ފަށާއިރު އެލްކޭޖީ އިން ފެށިގެން ގްރޭޑް 12 އާއި ހަމައަށް ކިޔަވައިދޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވެއެވެ. އަދި ކިޔަވައިދިނުމުގައި އަމަލު ކުރާނީ އާ އާއްމު ހާލަތުގެ އުސޫލުތަކަށް ކަމަށް ވެސް އެމިނިސްޓްރީ އިން ބުންޏެވެ.
އާ އާއްމު ހާލަތުގައި ބުނާގޮތުން ސްކޫލްތަކުގައި ފޭސް ޓު ފޭސްކޮށް ކިޔަވައިދޭން ފަށާއިރު ތިން ކެޓަގަރީ އަކަށް ބަހާލައިފައިވެއެވެ. ސްކޫލުގައި ކިޔަވާ ކުދިންގެ ނިސްބަތުން މިގޮތަށް ބަހާލާފައިވައިރު ސިންގަލް ސެޝަނަށް، ހަފްތާއަކު ފަސް ދުވަހު ކުދިން ސްކޫލަށް ދާން ޖެހޭ ސްކޫލުތަކާއި، ހަފްތާ އަކު ފަސް ދުވަހު ދެ ދަންފަޅިއަށް ކިޔަވައިދޭ ސްކޫލްތަކާއި، ކުދިންގެ ނިސްބަތުން ކޮންމެ ދުވަހަކު ސްކޫލަށް ގޮސް ކިޔަވައިދޭނެ ޖާގަ ނެތްނަމަ ދެދުވަހުން އެއް ދުވަހު ކުދިން ސްކޫލަށް ގޮސްގެން ކިޔަވައިދޭނެ އިންތިޒާމު ހަމަޖައްސަންޖެހޭ ސްކޫލުތައް ހުރެއެވެ. މިފަދަ ސްކޫލުތަކުގައި ކުދިން ސްކޫލަށް ގެންގޮސްގެން އަދި އޮންލައިންކޮށް ވެސް ކިޔަވައިދޭން ޖެހެއެވެ..
އަންނަ އާދީއްތަ ދުވަހު ދެވަނަ ޓާމް ފަށާއިރު ޖޫން 24 ގެ ނިޔަލަށް ދެވަނަ ޓާމު ދެމިގެން ދާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ