އެން.އައި.ސީއަށް މެމްބަރުން އައްޔަންކޮށްފި

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) ގެ މެންބަރުކަމުގެ މަގާމަށް ހަތަރު ބޭފުޅަކު، ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވައިފި އެވެ.އެ ކޮމިޝަނުން ހުސްވެފައިވާ މަގާމުތަކަށް އައްޔަންކޮށްފައިވަނީ، ޅ. ނައިފަރު، ނިކަގަސްދަށުގެ، ގާސިމް އަބްދުލްކަރީމާއި މ. ޕިސްތާގެ އާމިނަތު ޝާދިޔާ އާއި ގ. ދޫރެސްވިލާ އާޝިޔަތު ޝިއުނާ އަދި ޖޭއެސްސީގެ ކުރީގެ މެމްބަރު، ދަފްތަރު ނަމްބަރު ރސ 1188، ޝުއައިބު އަބްދުއްރަހްމާނެވެ. މިއީ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ފޮނުއްވި ނަންފުޅުތަކުގެ ތެރެއިން މަޖިލީހުން ފާސްކުރެއްވި ހަތަރު ބޭފުޅުންނެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވެވި ރަސްމިއްޔާތެއްގައި އެންއައިސީގެ މެންބަރުކަމަށް އައްޔަންކުރެއްވި ކަމުގެ ލިޔުން، މިބޭފުޅުންނާ ހަވާލުކުރައްވާފައިވެއެވެ. މެންބަރު ކަމަށް އައްޔަން ކުރެވުނު ބޭފުޅުންގެ ތެރޭގައި ހިމެނޭ ގާސިމް އަބްދުލްކަރީމަކީ އެމްއެމްޕީއާރްސީގެ ހިޔާނާތް ފަޅާ އަރުވާލުމުން "ވިސްލް ބްލޯވިން" އުސޫލާ ހިލާފަށް ބީއެމްއެލްގެ ކަސްޓަމަރެއްގެ މައުލޫމާތު ހާމަކުރުމުގެ ކުށުގައި 8 މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކޮށް 2016 ވަނަ އަހަރުގެ ނޮވެމްބަރު މަހު މިނިވަން ވެފައިވާ ފަރާތެކެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ