އެމްޑީޕީ އަކީ ވެރިކަން ކުރަން ދަންނަ ބައެއް ނޫން: އުމަރު

އެމްޑީޕީ އަކީ ވެރިކަން ކުރަން ދަންނަ ބައެއް ނޫންކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
"އައްޑޫލައިވް" އަށް ދެއްވި އިންތަވިއުއެއްގައި އުމަރު ވިދާޅުވީ އެމްޑީޕީން އަކީ ވެރިން ކުރަން އެނގޭ، ގަވާރނިން ގާބިލް ކަން ތިބި ބައެއް ނޫން ކަމަށެވެ.
"އެމީހުން އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ހަރަކާތްތެރިވާ ގޮތަށް އެއީ ވެރިކަން ކުރަން އެނގޭ ޕާޓީއެއް ނޫން، މީގެ ކުރިންވެސް އެމީހުން ވެރިކަން ކުރަން އުޅުނު، ވީ ފެއިލް، މިހާރުވެސް މި ފެންނަނީ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ފެއިލްވަމުންތާ ދަން" އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަކަށް މި ގައުމު ނުހިންގޭ ކަމަށެވެ. އަދި މިދާގޮތުން ދެން ރައީސް ސޯލިހުއަކަށް އެމްޑީޕީއަކަށް ރައްޔިތުން ވޯޓު ނުދޭނެކަމަށެވެ.
"އެމްޑީޕީން، ރައިސް ސޯލިހުވީ ވައުދުގެ ދެބައިކުޅަ އެއްބައިވެސް ހާސިލް ނުވޭ، އެމްޑީޕީއަކަށްވެސް ދެން އޮތީ ޕީޕީއެމް އެއީވެސް މާ ރީތި ވެރިކަމެއް ކުރި ބައެއް ނޫން، އެމީހުންނަކަށްވެސް ރައްޔިތުން ދެން ވޯޓު ނުދޭނެ"
އުމަރު ވިދާޅުވީ އެމްޑީޕީގެ ވެރިކަން ކަމު ނުދާ ކަމަށް އެންމެ ގަދައަށް ވާހަކަ ދައްކާ އެއްބަޔަކީ އެމްޑީޕީ މެމްބަރުން ކަމަށެވެ.
ރާއްޖޭގެ އިގްތިސާދު ހިންގަން ނޭގި އިންޑިއާގެ ނުފޫޒު ދިވެހި ރާއްޖެއަށް ގަދަވަމުން އަންނަ ކަމަށް އުމަރު ވިދާޅުވިއެވެ.
"މިފެންނަނީ، މަޑުމަޑުން ރާއްޖޭގެ އިގްތިސާދުގެ ތެރެއަށް އިންޑިއާ ވަދެގެން އަންނަ ތަން، ސެކިއުރިޓީ ބެލެހެއްޓުމުގެ ނަމުގައި، ރާއްޖޭގެ މިނިވަން ކަން ގެއްލެމުންދާ ތަން"
އުމަރު ވިދާޅުވީ މި ސަރުކާރުން އިންޑީއާގެ އެހީ އާދަޔާ ހިލާފަށް ހޯދުމުގެ ނަތީޖާއަކީ ދިވެހި ވިޔަފާރިތައް އިނދަ ޖެހުމެވެ.
"މާޒީއަށް ބަލާއިރު ރާއްޖޭގެ އިގްތިސާދު ހިންގީ ދިވެހިން، ޗަމްޕާ އާއި ގާސިމް އިބްރާހިމް އާއިލި ކޮލިގޭ މީހުން އުފެދުނީ ދިވެހިންނަށް ފުރުސަތު އޮވެގެން، އެކަމަކު މިހާރު މި ފެންނަނީ ކޮންމެ ތަނެއްގެ ތެރެއަށް ބޭރުގެ ނުފޫޒު ވަންނަ ތަން، ޕެންޝަން އޮފީހުގެ އިސް މީހަކަށް ބޭރު މީހެއް، ބޭންކު އޮފް މޯލްޑިވްސްއަށް ބޭރު މީހެއް، މިހެން ގޮސް ދިވެހިންގެ ކުންފުނިތަކުގެ އިސް ވެެރިންނަށް ބޭރު މީހުން ގެނެސް މިލަނީ،. މިއީ ދެރަކަމެއް، މިއީ ދިވެހިންނަށް ލިބޭ ބޮޑު ގެއްލުމެއް" އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ ރައީސް ސޯލިހުގެ ސަރުކާރަށް ވެރިކަން ހިންގަން ނޭގި އެންމެ ފަހުން ގައުމު އަޅުވެތިވުމުގެ ބިރު ބޮޑު ކަމަށެވެ.
"އިންޑިއާ އަކީ އަބަދުވެސް ރާއްޖެއަށް އެހީތެރިވާ ގައުމެއް، މި ކޮވިޑުގައިވެސް ލޯނު އެހީގެ ގޮތުގައި އެހީވު، ކޮންމެ ވެރިކަމެއްގައިވެސް އިންޑިއާ އަކީ ރާއްޖެ އާއި ގާތް ގައުމެއް، އެކަމަކު އޭގެ މާނައެއް ނޫން އަނޑިނޭގޭ ގޮތަށް އެއްބަސްވުން ހަދައި، އިންޑިއާ ސިފައިން މިގައުމަށް ގެނެސް ބޭތިއްބުން، އެވާހަކަ މި ދައްކަނީ"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ