ދައުލަތުގެ ފައިސާ ނަހަމަގޮތުގައި ބޭނުން ކުރުން ހުއްޓާލުމަށް ސަލީމް ސަރުކާރަށް ގޮވާލައްވައިފި

ދައުލަތުގެ ފައިސާ ނަހަމަގޮތުގައި ބޭނުން ނުކުރަމަށް މަޖިލީހުގެ މައިނޯރިޓީ ލީޑަރު، ބ.އޭދަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް ސަރުކާރަށް ގޮވާލައްވައިފިއެވެ.އިއްޔެ ކުރެއްވި ޓުވީޓެއްގައި ސަލީމް ވިދާޅުވީ ސަރުކާރުން ގެންދަނީ ކޮވިޑު-19 ގެ ނަން ނަހަމަ ގޮތުގައި ބޭނުންކުރަމުންކަމަށެވެ. އަދި އެގޮތުން އިންސާނީ ހައްޤުތަކަށް އަރައިގަތުމާއި، ނަސްލީ އިމްތިޔާޒުގެ އުސޫލުތައް އަށަގެންނެވުމާއި، ދައުލަތުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރާ ކަމަށާއި، އެކަންކަން ކުރުން ހުއްޓައިލުމަށް ސަރުކާރަށް ގޮވާލާ ކަމަށް ސަލީމް ވިދާޅުވިއެވެ.ކޮވިޑު-19 އާއި ގުޅިގެން ސަރުކާރުން ހަރަދު ކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އަމަލުކޮށްފައިވާ ކަމަށް އޮޑިޓަރ ޖެނެރަލް ގެ ރިޕޯޓުން ދައްކައެވެ. އަދި ކޮވިޑު-19 އާއި ގުޅިގެން ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތައް ގެނައުމުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އަމަލުކޮށްފައިވާތީ އެންޓި ކޮރަޕްޝަން ކޮމިޝަނުން ވަނީ ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީންގެ މައްޗަށް ދައުވާކުރަން ފޮނުވާފައެެވެ. މީގެ އިތުރުން ކޮވިޑު-19 އާއި ގުޅުވައިގެން ސަރުކާރުން ވަނީ ބައެއް އަސާސީ ހައްޤުތައްވެސް ހަނިކޮށްފައިކަން ފާހަގަކޮށްލެވެއެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ