ހުޅުމާލޭގައި ދޭތެރެ ދޭތެރެއިން ކަރަންޓް ކެނޑެނީ

ހުޅުމާލޭގެ އެކި ހިސާބުތަކުން ކަރަންޓު ކެނޑުން އާންމު ކަަމަކަށްވެ، އޭގެ އުނދަގޫ އެތައް ހާސް ބަޔަކަށް ކުރިމަތިވާން ފަށައިފި އެވެ.ސްޓެލްކޯ އިން ބުނާ ގޮތުގައި މައްސަލަ ހައްލުކުރަން މިހާރު ވެސް އަންނަނީ މަސައްކަތްކުރަމުންނެވެ. ހުޅުމާލޭގައި އުޅޭ ބައެއް މީހުން ބުނި ގޮތުގައި މިއަދު ހެނދުނު ވެސް އެ ރަށުން ކަރަންޓު ދިޔަ އެވެ. އަދި ރޭ ދަންވަރު ކަރަންޓު ދިއުމަށް ފަހު އައީ ބައި ގަޑިއެއްހާ އިރު ފަހުން ކަމަށް ވެސް އެ މީހުން ބުނެ އެވެ.ގާތްގަނޑަކަށް 30،000 މީހުންގެ އާބާދީއެއް އޮންނަ ހުޅުމާލެ އިން މިދިޔަ ހުކުރު ދުވަހުގެ ރޭ ވެސް ކަރަންޓް ދިޔަ އެވެ. އެފަހަރު ކަރަންޓް ލިބުނީ 45 ވަރަކަށް މިނެޓު ފަހުންނެވެ.ސްޓެލްކޯގެ މީޑިއާ ކޯޑިނޭޓަރު އިބްރާހިމް ރައޫފް މިއަދު ވިދާޅުވީ އިންޖީނަކަށް ދިމާވި މައްސަލައެއް ހައްލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ."ޓެކްނިކަލް މައްސަލައެއް ދިމާވެގެން އުޅެނީ. އެ މައްސަލައަކީ ކޮބައިކަން ހޯދައި، އެކަން ހައްލުކުރަން މަސައްކަތް ކުރަމުން މިދަނީ،" އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ