މޫސުން ގޯސްވުމާއި ގުޅިގެން މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފި

މޫސުން ގޯސްވުމާއި ގުޅިގެން \"ޔެލޯ އެލާޓް\" ނެރެފައިވާ ކަމަށް މެޓް އޮފީހުން ބުނެފިއެވެ.
މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފައިވަނީ ބާރު ވަޔާއި އެކު ކަނޑު ގަދަވުމުންނެވެ. މެޓް އޮފީހުން ބުނީ ޔެލޯ އެލާޓް ނެރުމާއި އެކު ކަނޑު ދަތުރުފަތުރު ނުކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ. ޔެލޯ އެލާޓް ނެރެނީ ވައިގެ ބާރުމިން ގަޑިއިރަކަށް 30 މޭލާއި 40 މޭލު ބާރުމިނަށް އެރުމުންނާއި، ބޯކޮށް ހުއްޓުމެއްނެތި ދެ ގަދިއިރަށްވުރެ ގިނައިރު ވާރޭ ވެހުމުން ނުވަތަ ކަނޑު ގަދަވުމުންނެވެ.
ސީއެންއެމްއަށް މައުލޫމާތު ދެއްވި މެތް އޮފީހުގެ އޮފިޝަލު ވިދާލުވީ ކުރިއަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށެވެ. އަދި ކަނޑު ގަދަ ވާނެ ކަމަށާއި، ކަނދު ދަތުރު ފަތުރުކުރުން ރައްކަތެރި ނުވާނެ ކަމަށެވެ. އެހެންކަމުން ކަނޑު ދަތުރުފަތުރު ކުރުމުގައި އިތުރަށް ސަމާލުވުމަށްވެސް މެޓް އޮފީހުން ވަނީ އިލްތިމާސް ކޮށްފައެވެ.
މިއަދު މެންދުރުން ފެސިގެން އިރު އޮއްސުމާއި ހަމައަށް ގަޑިއަކު 30 މޭލާއި 40 މޭލުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށް ލަފާ ކުރާ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ. އަދި ވިލާގަނޑުގައި ގަޑިއިރަކު 55 މޭލު ބާރު މިނުގައި ވައި ޖެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.
މޫސުން ގޯސްވެ، ކަނޑު ގަދަވުމާއި ގުޅިގެން ހުޅުމާލެ އާއި މާލެއާ ދެމެދު އެމްޓީސީސީން ބާއްވަމުން އަންނަ ފެރީގެ ދަތުރު ތަކަށްވެސް ވަނީ ބުރޫ އަރާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ