ރައީސް މައުމޫނު އަދި ނަޝީދު މޯދީއަށް މަރުހަބާ ވިދާޅުވެއްޖެ

އިންޑިއާގެ އާންމު އިންތިޚާބު ކާމިޔާބުކުރެއްވުމާ ގުޅިގެން ކުރީގެ ދެރައީސުން ކަމުގައި މުހައްމަދު ނަޝީދާއި، މައުމޫން އަބްދުލް ގައްޔޫމް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީއަށް މަރުހަބާ ވިދާޅުވެއްޖެއެވެ.
މޯދީއަށް މަރުހަބާ ދަންވައި ކުރީގެ ރައީސް މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިދައުރަށް ކާމިޔާމީއަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ދިވެހިރާއްޖެއާއި އިންޑިއާއަކީ ޑިމޮކްރެސީއާއި ހިއުމަންރައިޓްސްއާއި ތަރައްގީގެ އިތުރުން އަމަންއަމާންކަމަށް އެއް ވިސްނުން ގެންގުޅޭ ދެގައުމު ކަމަށް ވިދާޅުވިއެވެ.
ކުރީގެ ރައީސް ނަޝީދު ގެ ޓުވީޓުގައި ވިދާޅުވީ، އިންތިހާބުގެ ނަތީޖާ ދައްކަނީ ކުރީންވެސް ބެލެވިފައި އޮތް ގޮތަށް ކަމަށާއި، އިންޑިއާގެ ޕްރައިމް މިނިސްޓަރަށް އިންތިހާބުގައި ލިބިވަޑައިގެންނެވީ ވަރަށް ބޮޑު ކާމިޔާބީއެއްކަމަށެވެ. އަދި މޯދީ އަދި އިންޑިޔާގެ ސަރުކާރާއެކު އޮންނަ ގާތްގުޅުން ކުރިޔަށް އޮތް ތަނުގައި އިތުރަށް ބަދަހިވެ ގާތްކަމާ އެކު ކުރިޔަށް ދާނެ ކަމަށް ވެސް ރައީސް ނަޝީދުގެ ޓުވީޓުގައި ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ