ދާއިރާގެ ރައީސުން ޖޭޕީގެ ކައުންސިލު މެންބަރުންގެ ގޮތުގައި ހަމަޖައްސަން ނިންމައިފި

އިންތިހާބީ ކޮންމެ ދާއިރާއަކުން އިންތިހާބުކުރާ ދާއިރާގެ ރައީސުން ޖުމްހޫރީ ޕާޓީގެ (ޖޭޕީ) ގެ ކައުންސިލު މެންބަރުންގެ ގޮތުގައި ހަމަޖައްސަން ރޭގެ ކައުންސިލު ބައްދަލުވުމުގައި ނިންމައިފިއެވެ.
ޖޭޕީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒު ރޭގެ ވަގުތެއްގައި ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އިންތިހާބީ ދާއިރާތަކުން އިންތިހާބުކުރާ ރައީސުން ކައުންސިލުގައި ހިމެނުމަށް ނިންމި ނިންމުމަކީ ވަރަށް މުހިންމު ނިންމުމެއް ކަމަށެވެ.
އަދި އެއީ ޕާޓީގެ އާންމު މެންބަރުންގެ ވިސްނުމަށް ޖޭޕީގެ މިސްރާބު ބަދަލުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ރިޔާޒު ވިދާޅުވިއެވެ.
ރިޔާޒު މިފަދައިން ވިދާޅުވެ ޓުވީޓު ކުރައްވާފައި ވަނީ ޖޭޕީން ރޭ ބޭއްވި ކައުންސިލް ބައްދަލުވުމުގައި ކުރިއަށް އޮތް ކައުންސިލް އިންތިހާބުތަކުގައި އެޕާޓީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓުންނަށް ޕްރައިމަރީ ބޭއްވުމަށް ފަހު ޓިކެޓްދޭން ނިންމުމާއި ގުޅިގެންނެވެ.
މީގެއިތުރުން ޖޭޕީގެ ސެކްރެޓަރީ ޖެނެރަލް ކަމަށް ހުސައިން ރަޝީދު އަދި ރަޖިސްޓްރާގެ މަގާމަށް މުހައްމަދު ޒަހީން، ރޭގެ ކައުންސިލް ބައްދަލުވުގައި ވަނީ އައްޔަން ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ