ހަވާލުކުރެއްވި މަސްއޫލިއްޔަތު އަދާކުރެވޭ އެންމެ ފުރިހަމައަށް އަދާކުރާނެކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާކަމަށް ބާ ކައުންސިލްގެ ރައީސް މައުމޫން ހަމީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ހުކުރު ދުވަހު ބޭއްވި ބާ ކައުންސިލްގެ އިންތިޚާބު ކާމިޔާބުކުރައްވާ، އެ ކައުންސިލްގެ ރައީސްކަމަށް އިންތިޚާބުވެވަޑައިގަތުމާއި ގުޅިގެން ކުރައްވާފައިވާ ޓްވީޓެއްގައެވެ.
ރައީސް ސޯލިހް، މައުމޫން ހަމީދަށް މަރުހަބާ ވިދާޅުވެ ކުރައްވާފައިވާ ޓްވީޓަށް ޖަވާބު ދެއްވަމުން މައުމޫން ހަމީދު ވަނީ ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގައި އެމަނިކުފާނުގެ އަޚުންނާއި އުޚުތުން ހަވާލުކުރެއްވި މަސްއޫލިއްޔަތު އަދާކުރެވޭ އެންމެ ފުރިހަމައަށް އަދާކުރާނެކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާކަން އަރުވާކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން އިންތިޚާބުވެވަޑައިގެންނެވި މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ފަހަތަށް ޖެހިވައިނުގަންނަވާނެކަމަށްވެސް މައުމޫން ހަމީދު ވިދާޅުވިއެވެ.
އަދި މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ދެމި ހުންނަވާނެކަމުގެ ޔަގީންކަންވެސް މައުމޫން ހަމީދު ވަނީ ދެއްވާފައެވެ.
ގާނޫނީ ފަންނުގެ ބިލަކީ ދިވެހިރާއްޖޭގައި ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ހުއްދަ ދޫކުރުމާއި، ގާނޫނީ ވަކީލުންގެ މަސައްކަތްތަކާ ގުޅޭ އެންމެހައި ކަންކަން ރެގިއުލޭޓުކޮށް ފިޔަވަޅު އަޅައި ބެލެހެއްޓުމަށާއި، ގާނޫނީ ވަކީލުންގެ ހިދުމަތުގެ ގާބިލުކަން އިތުރުކުރުމަށާއި، ދިވެހިރާއްޖޭގައި ގާނޫނީ ތައުލީމު ދިނުމުގެ ފެންވަރު މަތިކުރުންފަދަ އެންމެހާ ކަންކަން ބަޔާންކުރުމުގެ ބިލެކެވެ. އަދި މިކަންކަން ބެލެހެއްޓުމަށްޓަކައި، ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ ނަމުގައި ދައުލަތުގެ މިނިވަން އަދި މުސްތަގިއްލު މުއައްސަސާއެއް އުފައްދައި، އެ މުއައްސަސާގެ މަސައްކަތްތައް ހިންގާނެ ގޮތް ވެސް މި ބިލުގައި ބަޔާންކޮށްފައިވެ އެވެ.
ބާ ކައުންސިލެއް އުފައްދާ، އެ ކައުންސިލަށް ރައީސާއި، ނާއިބް ރައީސް އަދި މެންބަރުން އިންތިޚާބުކުރި މިއީ ފުރަތަމަ ފަހަރެވެ. އެހެންކަމުން މިއީ ރާއްޖޭގައި ގާނޫނީ ދާއިރާއަށް ވަރަށް ތާރީޚީ ދުވަހެކެވެ.
މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރާނަން: މައުމޫން ހަމީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ