މައުމޫން ފައުންޑޭޝަނުން ސްކޮލާޝިޕްތަކެއް ހުޅުވާލައިފި

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ "މައުމޫން ފައުންޑޭޝަނުން" މަތީ ތައުލީމުގެ 10 ފުރުސަތަށް ކުރިމަތިލުމަށް މިއަދު ހުޅުވާލައިފި އެވެ.
ކޮންމެ އަހަރަކު ވެސް ހުޅުވާލާ އެ ފުރުސަތުގައި މި އަހަރު ހުޅުވައިލީ ކޯސް ފީގެ އެއްބައި ދައްކައިދޭ ސްކޮލާޝިޕްތަކެކެވެ. އެއީ އިންޑިއާގެ، ބެންގަލޫރު، ގާޑަން ސިޓީ ޔުނިވާސިޓީގެ ކޯސްތަކެކެވެ.
ފުރުސަތު ހުޅުވާލާފައިވާ ކޯސްތަކަކީ ބެޗްލާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން އާއި ބެޗްލާ އޮފް ކޮމްޕިއުޓާ އެޕްލިކޭޝަންގެ އިތުރުން ބެޗްލާ އިން ބަޔޯޓެކްނޮޖޮލީ އާއި ބަޔޯކެމިސްޓްރީ އާއި ޖެނެޓިކްސްގެ އިތުރުން ބެޗްލާ އޮފް ފިޒިއަތެރޮޕީ އާއި މާސްޓާ އޮފް ޓޫރިޒަމް އެންޑް ޓްރެވަލް މެނޭޖްމަންޓެވެ.
އެޕްލިކޭޝަން ހުށަހެޅުމުގެ ފަހުގެ ތާރީހަކީ މި މަހުގެ 21 ވަނަ ދުވަހެވެ.
މައުމޫން ފައުންޑޭޝަނުން މި އަހަރު ވެސް ކޯސްތަކެއް ހުޅުވާލާފައިވާއިރު ރައީސް މައުމޫން ހުންނެވީ ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުގައި ޖަލު ބަންދުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ