ބ. އަތޮޅުގައި ހިންގާ ރީތި ބީޗް ރިސޯޓުގެ އިންޖީނުގޭގައި އަލިފާން ރޯވެ އެރަށުން ކަރަންޓު ކެނޑިއްޖެ އެވެ.
ެއެމްއެންޑީއެފުން ބުނީ އަލިފާނުގެ މިހާދިސާ ރިޕޯޓްކޮށްފައިވަނީ މިއަދު ހެނދުނު 11:00 ޖަހާއެހާއިރު ކަމަށެވެ.
އެމްއެންޑީއެފުން ބުނީ އަލިފާން ރޯވީ ރިސޯޓުގެ އިންޖީނުގޭގައި އާއި ވޯކްޝޮޕްގައި ކަމަށެވެ. ރިސޯޓްގެ އަލިފާން ނިއްވާ ޓީމުގެ މީހުންގެ މަސައްކަތުން އަލިފާންގަނޑު ކޮންޓްރޯލް ކޮށްފައިވާ ކަމަށްވެސް އެމްއެންޑީއެފުން ވަނީ މައުލޫމާތު ދީފަ އެވެ.
ރިސޯޓްގެ އަލިފާން ނިއްވާ ޓީމުގެ މީހުންގެ މަސައްކަތުން އަލިފާންގަނޑު ކޮންޓްރޯލް ކޮށްފައިވާ ކަމަށްވެސް އެމްއެންޑީއެފުން ވަނީ މައުލޫމާތު ދީފަ އެވެ.
ރީތި ބީޗް ރިސޯޓްގެ ބައެއް މުވައްޒަފުން ބުނީ އިންޖީނުގޭގައި އަލިފާން ރޯވުމާ ގުޅިގެން އިންޖީނުގޭގެ ފާރާއި ޓިނުތައް ވެސް ބިން މައްޗަށް ވެއްޓިފައިވާ ކަމަށެވެ.
މައުލޫމާތު ދިން މުވައްޒަފުން ބުނީ އަލިފާން ރޯވިއިރު ރިސޯޓްގައި ތިބި 200 އަށް ވުރެ ގިނަ ފަތުރުވެރިން ރިސޯޓުގެ މެއިން ބާއަށް ގެންގޮސްފައިވާ ކަމަށެވެ.
ރިސޯޓްގައި އަލިފާން ރޯވެ، އުފެދުނު ބޯދުމާ ގުޅިގެން މުވައްޒަފުންނަށް ހާއްސަކޮށްފައިވާ އެކަމޮޑޭޝަން ބްލޮކުގައި ތިބެން އުދަގޫ ކަމަށްވެސް މުވައްޒަފުން ވަނީ ބުނެފަ އެވެ.
ރީތި ބީޗް ރިސޯޓުގައި އަލިފާން ރޯވެ ރަށުން ކަރަންޓް ކެނޑިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ