ޒުވާނުން ގައުމީ ހިދުމަތަށް ނިކުތުމުގައި ސްކައުޓުގެ މުހިއްމު ދައުރެއް އަދާކުރޭ: ރައީސް

ރާއްޖޭގެ ޒުވާނުން ގައުމީ ހިދުމަތަށް ނިކުތުމުގައި ރާއްޖޭގެ ސްކައުޓުން މުހިއްމު ދައުރެއް އަދާ ކުރާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ފަސްދޮޅަސް ހަތަރުވަނަ ގައުމީ ސްކައުޓު ދުވަހާއި ގުޅިގެން ރައީސް ސޯލިހު ކުރެއްވި ޓްވީޓެއްގައި މިއަދު ވިދާޅުވީ ޒުވާން ޖީލު ގައުމީ ހިދުމަތައް ނިކުތުމުގައި ސްކައުޓް މޫވްމަންޓް މުހިންމު ރޯލެއް އަދާކުރާ ކަމަށެވެ. މި ދުވަހާއި ގުޅިގެން ރައީސް ސޯލިހު ވަނީ ހުރިހާ ސްކައުޓުންނާއި، ސްކައުޓް ލީޑަރުންނަށް ދުވަހުގެ ތަހުނިޔާ އަރިސްކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ