މޫސުން ގޯސްވެ، ބ އަތޮޅުން އައްޑު އަށް ޔެލޯ އެލާޓް ނެރެފި

ބޭ އޮފް ބެންގާލްގައި އުފެދެމުން އަންނަ ސައިކްލޯނުގެ ސެޓެލައިޓް ފޮޓޯއެއް — ފޮޓޯ: މެޓް އޮފީސްމޫސުން އިތުރަށް ގޯސްވެ، ބ.
އަތޮޅުން ފެށިގެން އައްޑުއާ ހަމައަށް މޫސުމާ ބެހޭ އިދާރާ އިން ދެންމެ ޔެލޯ އެލާޓް
ނެރެފި އެވެ.
މޯލްޑިވްސް މީޓިއޮރޮޖިކަލް
ސާވިސް (މެޓް) ން ބުނީ މިއަދު ހަވީރު 5:00 ން މިރޭ 10:00 އަށް ޔެލޯ އެލާޓް ނެރުނީ،
ބ. އަތޮޅުން އައްޑުއާ ހަމައަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހި، ވައިގަދަވާނެތީ
ކަމަށެވެ. މޫސުމާ ބެހޭ އިދާރާ އިން ބުނީ، ވިލާގަނޑުގައި ގަޑިއަކު 55 މޭލާ 60 މޭލާ
ދެމެދުގެ ބާރު މިނުގައި ވައިގަދަވާނެ ކަމަށެވެ.
މިދިޔަ ހުކުރު ދުވަހުން ފެށިގެން ރާއްޖޭގެ ބޮޑު ބަޔަކަށް އާދަޔާ ޚިލާފަށް
މޫސުން ގޯސްވެ، ބާރުގަދަ ވަޔާ އެކު، ގެއްލުންތައް ވެފައި ވެ އެވެ.
މެޓުން ބުނެފައި ވަނީ އިއްޔެ އިން ފެށިގެން މި ދެ ތިން ދުވަހު މޫސުން ގޯސްވެ،
ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ. މި ސަރަހައްހަދަށް މި ދުވަސްވަރު ވައި ބާރުވެފައި
ވަނީ ބޭ އޮފް ބެންގާލްގައި އުފެދިފައިވާ ކޮޅިގަނޑެއްގެ ސަބަބުން ކަމަށް އެ އިދާރާ
އިން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ