ރައީސް މައުމޫނު ޖަލުގައި ބަންދުކޮށް ބަހައްޓާފައި ވަނީ ރައީސް އަބްދުﷲ ޔާމީން އެމަނިކުފާނުގެ ނުލަފާކަން ދެއްކެވުމުގެ ގޮތުން ކަމުގައި ކުރީގެ ބަންޑާރަނައިބު ޙުސްނުއްސުޢޫދު ވިދާޅުވެއްޖެ އެވެ.
ސުއޫދު މިހެން ވިދާޅުވީ ރައީސް މައުމޫނާއި މެދު ރައީސް ޔާމީނުގެ ސަރުކާރުން އަމަލު ކުރަމުންދާ ގޮތާއި މެދު ނުރުންފާޅުކުރައްވައި، ފާޑުވިދާޅުވެ ކުރައްވާފައި ޓުވީޓެއްގައެވެ.
ސުއޫދު ވަނީ އިންސާނިއްޔަަތަށްޓަކައި ނަމަވެސް ރައީސް މައުމޫނު ޖަލު ބަންދުން ދޫކުރެއްވުމަށް ސަރުކާރަށް ގޮވާލައްވާފަަ އެވެ. އަދި އިންސާނިއްޔަތު ކަމުގެ ކުލުނާއި ރަހުމާއި، އުމުރުން ދުވަސްވީ މީހުންނާއި މެދު އޯގާވެރިވުމަށްޓަކައިވެސް އެންމެ ކުޑަމިނުން ގޭ ބަންދަށް ބަދަލުކޮށް ދެއްވުމަށް ސުއޫދު ވަނީ ގޮވާލައްވާފަ އެވެ.
ރައީސް މައުމޫނު ޖަލުގައި ބަހައްޓަނީ ރައީސް ޔާމީނުގެ ނުލަފާ ކަމުން: ސުއޫދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ