މަރުވި އަބްދުﷲ އަށް ޖަލުގައި ފަރުވާ ދިނީ ހުއްދަ ނެތް ޑޮކްޓަރެއް ކަމުގެ ތުހުމަތު!

މާފުށީ ޖަލުގައި ހުކުމް ތަންފީޒުކުރަމުން ދަނިކޮށް ގ. ކީމާ، އަބްދުﷲ ރަޝީދު މަރުވީ އެކަށީގެންވާ ބޭސްފަރުވާ ނުދެވިގެން ކަމަށް ކުރާ ތުހުމަތުތަކަށް ބާރު ލިބޭ މައްސަލައެއް އަނެއްކާވެސް ފެންމަތިވެއްޖެ އެވެ.
އަބްދުﷲގެ މަރާ ގުޅިގެން މިފަހަރު ކުރާ ތުހުމަތަކީ، އޭނާ އަށް ފަރުވާ ދިން ކަރެކްޝަނަލް ސާވިސްގެ ޑޮކްޓަރަކީ ރާއްޖޭގައި ސިއްހީ ފަރުވާ ދިނުމުގެ ހުއްދަ ނެތް ޑޮކްޓަރެއް ކަމުގެ ތުހުމަތެވެ. މިކަން ބަލައިދޭން، މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްއެންޑީއެން) އިން މިހާރު ވަނީ މޯލްޑިވްސް މެޑިކަލް ކައުންސިލަށް ހުށަހަޅައިފަ އެވެ.
އެކަމަކު ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލް މި ތުހުމަތު ދޮގުކުރައްވަ އެވެ. އޭނާ ވިދާޅުވީ ރާއްޖޭގައި ފަރުވާ ދިނުމުގެ ހުއްދަ ނެތް ޑޮކްޓަރަކު މާފުށީ ޖަލުގައި ގައިދީންނަށް ފަރުވާ ނުދެއްވާނެ ކަމަށެވެ.
"އެއީ ހަގީގަތެއް ނޫން، ހުއްދަ ނެތް ޑޮކްޓަރެއް މާފުށީ ޖަލުގައި ފަރުވާއެއް ނުދެއްވާނެ،" އޮފިޝަލް ވިދާޅުވި އެވެ.
މާފުށީ ޖަލުގައި މިހާރު ވެސް ހުންނެވީ، އަބްދުﷲ އަށް ވެސް ފަރުވާ ދެއްވި ޑޮކްޓަރުތޯ ދެންނެވުމުން، ވިދާޅުވީ އެކަން ޖެހޭނީ އިތުރަށް ސާފުކުރަން ކަމަށެވެ.
Gaidhee maruvee ekasheegenvaa faruvaa nulibi kamah bune serious thuhumathu thakeh!
Mihaaru
ޖަލުގައި އަބްދުﷲ އަށް ފަރުވާ ދިނީ "ދަސްކުރާ ޑޮކްޓަރެއް" ކަމަށް މައުލޫމާތު ލިބުނު ކަމަށް މީގެކުރިން އާއިލާ އިން ވެސް ބުނެފައިވެ އެވެ.
މީގެ ދެ އަހަރު ކުރިން، މޭ 1، 2015 ގައި ސަރުކާރާ ދެކޮޅަށް ކުރި ބޮޑު މުޒާހަރާގައި ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ފަސް އަހަރަށް ޖަލަށް ލާފައިވާ އަބްދުﷲ، 51، މަރުވީ މިދިޔަ އޮކްޓޯބަރު 10 ގަ އެވެ. އުމުރުން 22 އަހަރާއި ފަސް އަހަރާ ދެމެދުގެ ފަސް ކުދިން ހިމެނޭ އަބްދުﷲގެ އާއިލާ އިން ގަބޫލުކުރާ ގޮތުގައި އޭނާގެ މަރުގައި ދައުލަތުގެ އިހުމާލުވެ އެވެ. އެއީ، ޖަލުގައި އޭނާގެ ބަލި ހާލަތު ސީރިއަސްވަމުން ދިޔަ އިރު ވެސް ފަރުވާ ނުދީ މާ ބޮޑަށް ލަސްކޮށްފައިވާތީ އެވެ.
Abdulla ge maraa gulhigen kuraa thuhumathu thakah javaabeh nei!
Mihaaru
މި ތުހުމަތުތައް ކަރެކްޝަނަލް ސާވިސް އިން ދޮގު ކޮށްފައިވީ ނަމަވެސް އޭނާގެ މަރާ ގުޅޭ ސީރިއަސް ތުހުމަތުތަކަށް މުއައްސަސާތަކުން ޖަވާބެއް ނުދެ އެވެ. އެކަމަކު އޭނާގެ މަރުގެ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނާއި މޯލްޑިވްސް މެޑިކަލް ކައުންސިލުން ވެސް ބަލަމުން އަންނަ ކަމަށް ވަނީ ބުނެފަ އެވެ.
ޑިމޮކްރަސީ ނެޓްވޯކުން މެޑިކަލް ކައުންސިލަށް ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައި ވަނީ، އަބްދުﷲ ރަޝީދަށް ފަރުވާ ދިނުމަށް ހަރަކާތްތެރިވި މީހުންގެ ތެރޭގައި ސިއްހީ ފަރުވާ ދިނުމުގެ ހުއްދަ ނެތް ފަރާތެއް ވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަބްދުﷲ ރަޝީދުގެ މައްސަލަ މޯލްޑިވްސް މެޑިކަލް ކައުންސިލުން ބަލަމުން އަންނާތީވެ، އަދި ބައެއް މައުލޫމާތު ހިއްސާކޮށްދޭން އެ ޖަމިއްޔާގައި ވެސް އެދިފައިވާތީވެ އެ ތުހުމަތު ވެސް ބަލައިދޭން އެދޭ ކަމަށް ޑިމޮކްރަސީ ނެޓު ވޯކްގެ ސިޓީގައިވެ އެވެ.
"މީގެއިތުރުން، މޯލްޑިވްސް ކަރެކްޝަަނަލް ސާވިސް އާއި މޯލްޑިވްސް ޕޮލިސް ސާވިސްގެ ބެލުމުގެ ދަށުގައި ތިބޭ ގައިދީންނަށް ސިއްހީ ފަރުވާ ދިނުމުގައި މިވަގުތު ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކަކީ އެފަދަ ހުއްދަތައް ހަމައަށް ހުރި ބައެއް ކަމުގައި ކަށަވަރުކޮށްދެއްވުމަށް އެދި ދަންނަވަމެވެ،" އެ ސިޓީގައިވެ އެވެ.
Thahugeeg ah fahu beynumee Abdhulla ah insaafu libun: Aailaa
Mihaaru
ހުކުމް ތަންފީޒުކުރަމުން ދަނިކޮށް އަބްދުﷲ ހޮޑުލައި ބޭރަށް ހިންގަން ފެށުމުން އެކަށީގެންވާ ފަރުވާ ނުދީ ވަނިކޮށް، މާލެ ގެނައީ ހާލު ސީރިއަސްވުމުން ކަމަށް އާއިލާ އިން ބުނެ އެވެ. އައިޖީއެމްއެޗަށް ގެނައިއިރު، އިންފެކްޝަންގެ ސަބަބުން އަބްދުﷲގެ ދެ ކިޑްނީ އާއި ފުއްޕާމޭ ވެސް ވަނީ ހަލާކުވެފައި ކަމަށް އާއިލާ އިން ވަނީ ބުނެފަ އެވެ.
އަބްދުﷲގެ މައްޗަށް ހުކުމް ކުރީ އިދިކޮޅު ފަރާތްތަކުން ބޭއްވި ބޮޑު މުޒާހަރާގައި ހިނގި ހަމަނުޖެހުންތަކުގައި ފުލުހަކު މަގުމައްޗަށް ވައްޓާލައި، ބޮޑެތި އަނިޔާތަކެއް ދިން މައްސަލައިގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ