އަބްދުﷲ ރިޔާޒުގެ ޕާސަނަލް ބޮޑީގާޑު ނިޒާމްގެ ފޯނު ހިފަހައްޓައިފި
ޖުމްހޫރީ ޕާޓިގެ ނައިބު ލީޑަރު އަދި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒުގެ ޕާސަނަލް ބޮޑީގާޑު، މުހައްމަދު ނިޒާމުގެ ފޯނު ހިފަހައްޓައިފިއެވެ. ޖުމްހޫރީ ޕާޓީގެ ސްޕޯކްސް ޕާސަން އަލީ ސޯލިހު ވިދާޅުވީ ނިޒާމުގެ ފޯނު ހިފެހެއްޓީ މިއަދު މެންދުނުފަހު 3:00 އެހައިކަންހާއިރު ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ. ނަމަވެސް ނިޒާމު ހައްޔަރުކޮށްފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ. ނިޒާމަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ބޮޑީގާޑެއްގެ ގޮތުގައިވެސް މަސައްކަތްކުރި މީހެކެވެ. އަދި އޭނާ ކުރިން ފުލުންގެ ވަޒީފާ ވެސް އަދާކޮށްފައިވާ މީހެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ