މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި މޫސުން ގޯސްވުމުގެ ސަބަބުން ބައެއް ފްލައިޓްތައް ޑިލޭވެއްޖެއެވެ.
އޭގެ ތެރޭގައި އިންޓަނޭޝަނަލް ދަތުރަކާއި ރާއްޖޭގެ އެތެރޭގެ ފްލައިޓްތައް ހިމެނެއެވެ.
އެގޮތުން އިންޑިއާގެ ޓްރިވެންޑްރަމް އިން ރާއްޖެ އަންނަން އޮތް ސްޕައިސްޖެޓް ފްލައިޓެއް ވަނީ ޑިލޭވެފައެވެ. އޭގެ އިތުރުން ރާއްޖޭގެ އެތެރޭގެ ބައެއް އުދުހުންތައް ވަނީ ޑިލޭވެފައެވެ.
ރާއްޖޭގެ ފްލައިޓް ޝެޑިއުލްތަކުގެ މައުލޫމާތު ފޯރުކޮށްދޭ އެފްއައިއެސް.ޑޮމް.އެމްވީގައިވާ ގޮތުން މިއަދު މެންދުރު 12:55 ން 13:35 އާ ދެމެދު ޝެޑިއުލްކޮށްފައިވާ މޯލްޑިވިއަންގެފްލައިޓްތައް ވަނީ ޑިލޭވެފައެވެ.
އޭގެ ތެރޭގައި އިފުރު، ކައްދޫ، ކޫއްޑޫ، ކާޑެއްދޫ އަދި ހަނިމާދޫ ފްލައިޓްތައް ހިމެނެއެވެ.
މޯލްޑިވިއަންއިން ބުނީ މޫސުން ގޯސްވުމުގެ ސަބަބުން ފްލައިޓް ޑިލޭވަމުންދާ ކަމަށާއި އެކަމާބެހޭ މައުލޫމާތު ފަސިންޖަރުންނަށް ފޯރުކޮށްދެމުންދާ ކަމަށެވެ.
މޫސުން ގޯސްވުމުގެ ސަބަބުން ކަނޑުދަތުރުފަތުރު ނުކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
މޫސުން ގޯސްވެ ބައެއް ފްލައިޓްތައް ޑިލޭވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ