މެދުރާއްޖެއާއި ދެކުނަށް މޫސުން ގޯސްވާނެ: މެޓް

ރާއްޖެއަށް މިހާރު މިކުރަމުންދާ ވިއްސާރާގައި އެންމެ މޫސުން ގޯސްވާނީ މެދުރާއްޖެއާ ދެކުނަށްގެ އަތޮޅުތަކަށްކަމަށް ބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިއޮލިޖިކަލް ސެންޓަރ (މެޓް) އިންބުނެފިއެވެ.
މެދުތެރެއަށާއި ދެކުނުގެ އެކި ހިސާބަށް ވިއްސާރަކޮށް މީގެތެރެއިން ބައެއް ރަށްތަކަށް ގުގުރުމާއި އެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށް މެޓް އޮފީހުންބުނެއެވެ މީގެ އިތުރުން އުތުރު އަތޮޅުތަކަށް ކެރީގެ އަސަރުފޯރިނަމަވެސް މޫސުން ޢާންމުގޮތެއްގައި ރަނގަޅުވާނެކަމަށްވެސް މެޓު އޮފީހުން ބުނެއެވެ.
މެޓް އޮފީހުން ވަނީ ވ. އަތޮޅުން ފެށިގެން އައްޑުއާ ހަމައަށް ވައިޓް އެލާޓް ނެރެފަ އެވެ.
މެޓް އޮފީހުން ބުނިގޮތުގައި، ޢާންމުގޮތެއްގައި އިރުއުތުރާއި އިރުން ގަަޑިއަކު 5 މޭލާ 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެންވެއެވެ. އަދި ކަނޑުތައް އާދައިގެވަރަކަށް މަޑުވެފައި ކެރިގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ