ސްޕޯޓްސް ކޮމިޝަނަރުގެ މަގާމުން އަހުމަދު ނަޝީދު (ޑޭވް) މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
ޑޭވް މިއަދު ފޭސްބުކުގައި ކުރެއްވި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، މަގާމުގައި ހުންނެވި ދުވަސްވަރު ކުރެވެނީ ކުޅުވަރުގެ ދާއިރާގައި ވަރަށް ތަފާތު އަދި ރަނގަޅު ތަޖުރިބާއެއް ކަމަށެވެ.
"މިއަދު އަޅުގަނޑު އިސްތިއުފާ ދީފިން،" ނަޝީދު ލިއުއްވާފައިވެ އެވެ.
ކޮމިޝަނަރ އޮފް ސްޕޯޓްސްގެ މަގާމަށް ރައީސް ޔާމިން ޑޭވް އައްޔަން ކުރެއްވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 24 ވަނަ ދުވަހު އެވެ.
ކޮމިޝަނަރ އޮފް ސްޕޯޓްސްއަކީ ދިވެހިރާއްޖޭގެ ކުޅިވަރު ޤާނޫނާއި އެޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިން އަދި ކުޅިވަރާބެހޭ މިނިސްޓަރާއި ކުޅިވަރާބެހޭ ޤައުމީ މަޖިލީހުގެ އިރުޝާދާ އެއްގޮތްވާ ގޮތުގެ މަތިން ރާއްޖޭގެ ކުޅިވަރު މައިދާނުގައި ޙަރަކާތްތެރިވާ ފަރާތްތަކާއި ކްލަބް ޖަމްޢިއްޔާތަކުގެ ބެލެނިވެރި ފަރާތެވެ.
ސްޕޯޓްސް ކޮމިޝަނާ އަހުމަދު ނަޝީދު އިސްތިއުފާ ދެއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ