ނިލަންދޫ ދާއިރާގެ ވޯޓު ފޮށި އަލުން ޗެކްކޮށް ވަގުތީ ނަތީޖާ އިއުލާންކޮށްފި

ހޮނިހިރު ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ފ. ނިލަންދޫ ދާއިރާގެ ވޯޓު ފޮށި އަލުން ޗެކްކޮށް ވަގުތީ ނަތީޖާ އިއުލާންކުރިއިރު އެ ދާއިރާއަށް ހޮވިފައިވާ ކަމަށް ކުރިން ދައްކާފައިވާ އަބްދުﷲ ހަލީލަށް އެއް ވޯޓް އިތުރުވެއްޖެއެވެ.
އަލުން އެވޯޓް ފޮށި ގުނާފައިވަނީ އެދާއިރާގެ މިހާރުގެ މެންބަރު އަބްދުލް މުހުސިން ހަމީދު އެއް ވޯޓުން ބަލިވުމުން އަލުން ވޯޓު ކަރުދާސްތައް ގުނުމަށް އޭނާ ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.
މިރޭ އިއުލާން ކުރި ވަގުތީ ނަތީޖާ ދައްކާގޮތުން މުހުސިނަށް 643 ވޯޓު ލިބިފައިވާއިރު ކުރިން އިއުލާން ކުރިއިރު އޭނާއަށް ލިބިފައިވަނީ 644 އަދި އެ ދާއިރާއަށް އިންތިހާބުވި އަބްދުﷲ ޚަލީލަށް ލިބިފައިވަނީ 646 ވޯޓެވެ. ކުރިން އިއުލާން ކުރިއިރު އޭނާއަށް ލިބިފައިވަނީ 645ވޯޓެވެ. އަލުން ވޯޓް ކަރުދާސްތައް ގުނިއިރު ކުރިން ވޯޓެއް ލިބިފައިނުވާ އިބްރާހިމް ހުސެއިން އަށް ވަނީ އެއްވޯޓް ލިބިފައެވެ.
 
ހޮނިހިރުދުވަހު ބޭއްވި ރައްޔިތުންގެ މަޖްލިސް އިންތިޚާބުގެ ރަސްމީ ނަތީޖާ އަންނަ ހުކުރު ދުވަހު އިޢުލާންކުރަން ފަށާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ. އެކޮމިޝަނުން ރޭ ވަނީ ހުރިހާ ދާއިރާއެއްގެ ވަގުތީ ނަތީޖާ ޢިއުލާކޮށް ނިންމާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ