ރައްޔިތުން މަޖިލީހުގެ ފެލިދޫ ދާއިރާގެ އިންތިހާބު ބާތިލްކުރުމަށް ކޯޓަށް ހުށަހަޅައިފިއެވެ. ހައިކޯޓުގެ އޮފިޝަލަކު ވިދާޅުވީ ފެލިދޫ ދާއިރާގެ އިންތިހާބު ބާތިލްކޮށްދިނުމަށް އެދި މައްސަލައެއް ހުށަހަޅާފައިވާ ކަމަށާއި، ނަމަވެސް މައްސަލަ ބަލައިގަތުމާއި މެދު ކޯޓުން އަދި ވަކި ގޮތެއް ނިންމާފައިނުވާކަމަށެވެ.
ފެލިދޫ ދާއިރާގެ އިންތިހާބުގެ މައްސަލަ ކޯޓަށް ހުށަހަޅާފައިވަނީ އެ ދާއިރާގެ އިންތިހާބުގައި ވާދަކުރައްވާ ނާކާމިޔާބުވެވަޑައިގެންނެވި ޕީޕީއެމްގެ ކެންޑިޑޭޓް އަހްމަދު ތޯރިގު ޒުހައިރުއެވެ. އެމްޑީޕީގެ ކެންޑިޑޭޓް އަހުމަދު މަރްޒޫގާއި ވާދަކުރައްވައި އަހްމަދު ތޯރިގު ނާކާމިޔާބު ވީ 26 ވޯޓުގެ ތަފާތަކުންނެވެ.
ހައިކޯޓަށް މީގެ ކުރިން ވެސް ވަނީ ހަ ދާއިރާއެއްގެ އިންތިހާބާ ގުޅޭ މައްސަލަތައް ހުށަހަޅާފައެވެ. އެއީ ހިތަދޫ މެދު ދާއިރާ، ތިމަރަފުށި ދާއިރާ، ނޮޅިވަރަމް ދާއިރާ، ފުނަދޫ ދާއިރާ، ކުރެންދޫ ދާއިރާގެ އިތުރުން ނައިފަރު ދާއިރާއެވެ. އިންތިހާބާއި ބެހޭ ގާނޫނުގައި ބުނެފައިވަނީ، އިންތިހާބާ ބެހޭ މައްސަލަތައް ދާއިމީ ނަތީޖާ އިއުލާންކުރާތާ ގިނަވެގެން 30 ދުވަހުގެ ތެރޭގައި ނިންމަންޖެހޭނެ ކަމަށެވެ. އިންތިޚާބީ ޝަކުވާގެ މައްސަލަތައް ހައި ކޯޓަށް ހުށަހެޅުމުގެ ފުރުސަތު އަންނަ ހަފްތާގެ ބުދަދުވަހުގެ ނިޔަލަށް ހަމަވާނެއެވެ.
ފެލިދޫ ދާއިރާގެ އިންތިހާބު ބާތިލްކުރުމަށް ކޯޓަށް ހުށަހަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ