ރައީސް މައުމޫނު އަބްދުލްޤައްޔޫމަށް ގެއްލުމެއް ދީފާނެކަމުގެ އިންޓެލިޖެންސް މައުލޫމާތު ލިބިފައިވާކަމަށްބުނެ ސެކިއުރިޓީ ވަރުދަގަ ކޮށްފައި ވަނިކޮށް ރައީސް މައުމޫނު މިއަދު މާފުށީ ޖަލަށް ވަޑައިގަންނަވައިފިއެވެ.
ރައީސް މައުމޫނު މިއަދު ޖަލަށް ވަޑައިގެންނެވީ ހައްޔަރުކޮށްފައިވާ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނާއި ބައްދަލު ކުރެއްވުމަށެވެ.
ޖަލަށް ވަޑައިގެންނެވުމަށްފަހު ކުރެއްވި ޓްވިޓެއްގައި ރައީސް މައުމޫނު ވިދާޅުވީ ހުކުމަކާއި ނުލައި ފާރިސް ބަންދުގައި ހުންނަތާ 187 ދުވަސް ވެފައިވާއިރު ފާރިސް ހައްޔަރުކުރި މައްސަލަ ހައިކޯޓްގައި އިސްތިއުނާފް ކުރިފަހުން ފަސް މަހަށް ވުރެ ގިނަ ދުވަސް ވީއިރުވެސް އިންސާފު ނުލިބުނު ކަމުގައެވެ.Visited my son @afarismaumoon MP at Maafushi prison today. 187 days in detention without a sentence. His appeal against his arrest warrant & detention is lying in High Court for for more than 5 months without a ruling. What political tyranny! What a travesty of justice!— Maumoon Abdul Gayoom (@maumoonagayoom) January 20, 2018މިއީ ސިޔާސީ ކިހާބޮޑު އަނިޔާއެއްތޯ އާއި މިއީ އިންސާފު ނުލިބުމުގެ ކިހާބޮޑު އިހުމާލެއްތޯ ރައީސް މައުމޫނުވަނީ ސުވާލު ކުރައްވާފައެވެ.
ދަރިކަލުންނާއި ބައްދަލު ކުރެއްވުމަށް ރައީސް މައުމޫނު މިއަދު ޖަލަށް ވަޑައިގެންނެވި އިރު ސެކިއުރިޓީ ވަރުގަދަކޮށް ރައީސް މައުމޫނު ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީވެސް އެންއެންޑީއެފުން ގެންދަނީ ބަލަހައްޓަމުންނެވެ.
ސެކިއުރިޓީ ވަރުގަދަކޮށްފައި ވަނިކޮށް ރައީސް މައުމޫނު ޖަލަށް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ