ޝަހީދު އަލީ މިސްކިތުގެ ތެރެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެ
މާލޭގައި ހުންނަ ޝަހީދު އަލީ މިސްކިތުގެ ތެރެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެ އެވެ. ފުލުހުން ބުނީ މިއަދު ހެނދުނު 11:12 ހާއިރު ލޮނުޒިޔާރަތް މަގުގައި ހުންނަ ޝަހީދު އަލީ މިސްކިތުގެ ތެރޭގައި މީހަކު ވެއްޓިފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. ފުލުހުން އޭނާ ނަގައިގެން އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށާއި ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އޭނާ މަރުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ މަރުވެފައިވަނީ 83 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. މިކަމާ ގުޅޭގޮތުން ބަލަންޖެހޭ ކަންތައް ބަލަމުންދާކަމަށް ފުލުހުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ