ޖަމާލުއްދީން ސްކޫލް ކައިރީ ހުރި ސައިކަލެއްގައި ރޯކޮށްލައިފި

ޖަމާލުއްދީން ސްކޫލް ކައިރީ ހުރީ ސައިކަލެއްގައި ރޭ ފަތިހު ރޯކޮށްލައިފި އެވެ
ފުލުހުން ބުނީ ސައިކަލްގައި ރޯކޮށްލާފައި ވަނީ ރޭ ފަތިހު 4:40 ހާކަންހާއިރު ކަމަށާއި މިހާދިސާގައި ސައިކަލް ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށެވެ. އަދި އެސައިކަލް ކައިރީގައި ޕާކްކޮށްފައި ހުރި ސައިކަލްތަކަށް ވެސް ކޮންމެވެސް ވަރަކަށް ގެއްލުން ލިބުނު ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި ހާދިސާ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
މާލޭގައި ސައިކަލްތައް ރޯކުރުމާއި ސައިކަލް ތަކަށް ގެއްލުން ދިނުމަކީ އާންމު ކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ