ނޭޝަނަލް އާޓް ގެލެރީގެ ސީޒަން ހުޅުވުމުގެ ފުރަތަމަ މަޢުރަޟު ރައީސް ހުޅުއްވައިދެއްވައިފި

ނޭޝަނަލް އާޓް ގެލެރީގެ އާޓް އެގްޒިބިޝަން ސީޒަން ހުޅުވުމުގެ ގޮތުން ބާއްވަވާ ފުރަތަމަ މަޢުރަޟު ކަމަށްވާ އަލްއުސްތާޛު ނ.ތ. ޙަސަން ދީދީގެ "ޕެއިންޓިން ޑްރީމްސް"، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ރޭ ހުޅުއްވައިދެއްވައިފި އެވެ.މި މަޢުރަޟު ރަސްމީ ގޮތުން ހުޅުވުނީ "ޕެއިންޓިން ޑްރީމްސް"ގެ ކެޓެލޮގް ރައީސުލްޖުމްހޫރިއްޔާ ނެރުއްވައިދެއްވުމުން ކަމަށް ރައީސް އޮފީހުން ބުނެ އެވެ.މަޢުރަޟު ބައްލަވާލެއްވުމަށްފަހު، އެ ޙަފްލާގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އަލްއުސްތާޛު ނ.ތ ޙަސަންދީދީ އެކި ރޮނގުންތަކުން ރާއްޖެއަށް ކޮށްދެއްވި ޚިދްމަތްތައް ފާހަގަކުރައްވައި އޭނާއަށް ޝުކުރު އަދާކުރެއްވި އެވެ. އަދި ޙަސަން ދީދީއަކީ، އެއްވެސް ކަހަލަ އަމިއްލަ އެދުންފުޅެއް އޮތް ބޭފުޅެއް ނޫން ކަމަށާއި، އެ ޢާއިލާގެ ބޭފުޅުންނަކީ ވެސް އެފަދަ ބޭފުޅުން ކަމުގައި ވިދާޅުވި އެވެ."ޕެއިންޓިން ޑްރީމްސް"، މި މަޢުރަޟުގައި، އަލްއުސްތާޛު ނ.ތ. ޙަސަން ދީދީގެ ފަހުގެ ބައެއް ކުރެހުންތަކާއި، ފޮޓޯ ދައްކާލުމަށް ބެހެއްޓިފައިވެ އެވެ. މި މަޢުރަޟު ކުރިއަށް ދާނީ އަންނަ މެއި މަހުގެ 20 ގެ ނިޔަލަށް ނޭޝަނަލް އާޓް ގެލެރީގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ