ފޭދޫ އިންޖީނުގެ ރަށު ރައްޔިތުން ނިކުމެ ހިސޯރު ކޮށްފި

ށ. ފޭދޫ އިންޖީނުގެ ރަށު ރައްޔިތުން ނިކުމެ ހިސޯރު ކޮށްފި އެވެ.
ހާހެއްހާ މީހުންގެ އާބާދީގެ ފޭދޫ އިންޖީނުގެ ބަންދުކޮށްފައި މިވަނީ މިއަދު ހެދުނުއްސުރެން ރަށުން ކަރަންޓު ދިޔުމާ ގުޅިގެން ކަމަށާއި، އިންޖީނުގެ ހިސޯރުކޮށްގެން ތިބި ރައްޔިތުން އެތަން ދޫކޮށް ދާނީ އެކަން ހައްލު ކުރުމަށް ރަށުން ބޭރުން ޓެކްނިކަލް ޓީމެއް އައުމުން ކަމަށް ރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
އަދި އިންޖީނުގޭގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އިންޖިނު މަރާމާތު ކުރުމަށް ކުރި މަސައްކަތް ކާމިޔާބު ވެފައި ނުވާ ކަމަށްވެސް އޭނާ ބުންޏެވެ.
މިހާރު މި އިންޖީނު ވަނީ މަރާމާތު ކުރުމަށް ކުޅުދުއްފުށީގައި. އަދި އިންޖީނު މަރާމާތު ކުރުމަށް 5 ވަރަކަށް ދުވަސް ވާނެ ކަމަށް ކުޅުދުއްފުށީގައި މަރާމާތުކުރުމުގެ މަސައްކަތް ކުރާ ފަރާތްތައް މައްލޫމާތުދެ އެވެ.
މިކަމާ ގުޅިގެން ސަރުކާރުގެ ކަމާ ބެހޭ ފަރާތެއްގެ ބަހެއް ވަނީ ލިބޭ ގޮތެއް ނުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ