ރައްޔިތުން އިންތިޚާބީ ރައީސް ޞާލިޙާއިމެދު މާޔޫސްވާން ނުޖެހޭނެ: ޤާސިމް

ރައްޔިތުން އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއިމެދު މާޔޫސްވާން ނުޖެހޭނެ ނުޖެހޭނެ ކަމަށާއި އެމަނިކުފާނަކީ ރައްޔިތުން އެދިގެނޗ ތިބި ފަދަ ހެޔޮ ވެރިކަމެއް ރައްޔިތުންނށްޓަކައި ކޮށްދެއްވާނެ ރައީސެއް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
މިސަރުކާރުގެ ފުރަތަމަ ނައިބް ރައީސް، ޤާސިމް އިބްރާހީމްގެ ޕޮލިޓިކަލް އެޑްވައިޒަރ ޑރ. މުޙައްމަދު ޖަމީލް އަޙްމަދު މިއަދު ރާއްޖެ ވަޑައިގަތުމާއި ގުޅިގެން މީސްވެރިންނަށް މައުލޫމާތު ދެއްވަމުން ޤާސިމް އިބާރާހީމް ވިދާޅުވީ ރައްޔިތުން މިއަދު ތިބީ މީގެ 10 ވަރަކަށް އަހަރު ކުރިން ތިބި ގޮތަށް ނޫން ކަމަށާއި ރައްޔިތުން މިއަދު ބޭނުންވަނީ ހަމަ އާއި އިންޞާފުން ކަންކަން ކޮށްދޭނެ ޢަދުލުވެރި ވެރިއަކު ކަމަށެވެ. ރައްޔިތުން އެމީހުންގެ ވެރިއަކަށް ބޭނުންވަނީ ރިވެތި އަޚްލާޤްހުރި، ރައްޔިތުންގެ ގުޅުންތައް ދަމަހައްޓައިދޭނެ ވެރިއަކުކަން ރައްޔިތުންނަށް މިއަދު ވަރަށް ރަނގަޅަށް އެނގޭ ކަމަށެވެ. ޚާއްޞަކޮށް ދައުލަތުގެ ޚަޒާނާއިން ނެގޭ ރައްޔިތުންގެ ކޮންމެ ފައިސާ ފޮތްޗެއްގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފައި އެންމެ ފައިދާހުރި ގޮތުގައި ބޭނުންހިފާނެ ވެރިއަކު ކަމަށެވެ.
ޤާސިމް އިބްރާހީމް ވިދާޅުވީ ރައީސް ޔާމީނު ވެރިކަމަށް ގެނައުމަށް އެހީތެރިވުމުގައި އިސްކޮށް ތިބި އެންމެންނަށާއި ރާއްޖޭގެ ސިޔާސީ ދާއިރާގައި އިސްކޮށް ތިބި "އެންމެންނަށް" ވަރަށް ބޮޑެތި އަނިޔާތައް ލިބިގެންދާނެ ގޮތަށް ކަންތައްތައް ކުރެވިގެނދިއައީ އިއްތިފާޤަކުން ކަމަށް ޤަބޫލު ފުޅު ނުކުރައްވަވާ ކަމަށެވެ.
ޤާސިމް އިބްރާހީމް ވިދާޅުވީ އެއްވެސް ރައްޔިތަކަށް އިންޞާފު ނުލިބިދާނަމަ އެމީހަކަށް އިންޞޢފު ލިބޭނެ މަގު ފަހިކޮށދޭން މަސައްކަތް ކުރުމަކީ ރާއްޖޭގެ ވެރިކަމުގައި ހުންނަވާ ބޭފުޅެއްގެ މަސްއޫލިއްޔަތެއް ކަމަށެވެ.
ޤާސިމް އިބްރާހީމް ވިދާޅުވީ ޝަރުޢީ ނިޒާމުގެ ތެރެއިން ނަމަވެސް އެއްވެސް މީހަކަށް އިންޞޤފު ނުލިބި ދާނަމަ ޝަރުޢީ ނިޒާމަށް "އަތް ނުބޭނި ނަމަވެސް" އެކަމަށް އެހީތެރިވެދެވޭނެ ގޮތްތައް ހުންނާނެ ކަމަށާއި އަދި އެއީ ވެރިކަމުގެ ފަރާތުން ކުރަންވެސް ޖހޭނ ކަމެއް ކަމަށެވެ. އަދި އެގޮތުން ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ނާޒިމަށް ލިބެންޖެހޭ އިންޞާފު ލިބުމުގައި މައްސަލަތަކެއް އެބަހުރިކަން ފާހަގަކުރައްވާ ކަމަށެވެ. "އިސްލާމް ދީނުގައިވެސް އޮތީ އެއްވެސ މީހަކަށް އަނިޔާ ލިބޭނަމަ އެކަމަކުން ސަލާމަތްކޮށްދިނުން. އެކަމަށް އެހީތެރިވުން."
ޤާސިމް އިބްރާހީމް ވިދާޅުވީ ސްޕްރީމް ކޯޓުން 1 ފެބްރުއަރީގައި ނެރުނު އަމުރާއި ގުޅިގެން ރައީސް ޔާމީނު ދެއްކެވި ވާހަކަފުޅުން ވެސް މިކަންކަން ވަރަށް ރަނގަޅަށް އެނގިގެންދާ ކަމަށެވެ. ނަމަވެސް މައްސަލައަކީ ވަކި ބާވަތެއްގެ މައްސަލަތަކުގައި އެކަނި ކަންކަން އެނގިވަޑައިގަތުމުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ