ދިވެހި ރައްޔިތުން ބޭނުންވާ ތަރައްގީ ގެނެވޭނީ ޝަރުޢީ ނިޒާމު އިސްލާހު ވެގެން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީ ޕްރައިމަރީގައި އައްޑޫ ސިޓީ ހުޅުދޫ ދާއިރާއަށް ވާދަކުރައްވާ އިލްޔާސް ލަބީބުގެ ކެމްޕޭނު ލޯންޗު ކުރުމަށް ރޭ ބޭއްވި ހަފްލާގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ދިވެހި ރައްޔިތުން ބޭނުންވާ ތަރައްގީ ގެނެވޭނީ އިންސާފު ލިބިގެން ކަމަށާއި، އިންސާފް ހޯދުމަށް އެންމެ ބޮޑު ދައުރެއް އަދާކުރާނެ ތަނަކީ ރައްޔިތުންގެ މަޖިލިސް ކަމަށެވެ.
އެގޮތުން މަޖިލީހަށް ކެނޑިޑޭޓުން އިންތިހާބު ކުރާއިރު ރައްޔިތުން ވަރަށް ރަނގަޅަށް ވިސްނަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މިއަހަރު މާޗް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް އެމްޑީޕީގެ ފަރާތުން ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންނަށް ތާއިދު ހޯއްދެވުމަށް ރައީސް ނަޝީދު ގިނަ މަސައްކަތްތަކެއް ކުރައްވަމުންގެންދަވާއިރު އެމަނިކުފާނު ވަނީ ސަރުކާރު ހިންގާ ޕާޓީއަށް މަޖިލީހުގެ ސާފު ޢަޢުލަބިއްޔަތު ލިބެން ޖެހެނޭ ކަމަށް ހުރިހާ ރައްޔިތުން ވެސް ގަބޫލު ކުރާ ކަމަށް ރޭގެ ހަފްލާގައި ވެސް ތަކުރާރުކޮށް ވިދާޅުވެފައެވެ.
އަދި ނަޝީދު ވަނީ ނިމިގެން ދިޔަ 17 ވަނަ ރައްޔިތުންގެ މަޖިލީހަށް އިޝާރާތް ކުރައްވާ އެ މަޖިލީހުގައި އެމްޑީޕީއަށް އަގުލަބިއްޔަތު ނުލިބުމުން ވައުދުތައް ފުއްދުމަށާއި އޭރުގެ ސަރުކާރު ދެމެހެއްޓުމަށް އޮތް ހުރަސްތަކާއި ގުޅޭގޮތުން ވެސް ވާހަކަދައްކަވާފައެވެ.
ރައްޔިތުން ބޭނުންވާ ތަރައްގީ ގެނެވޭނީ ޝަރުއީ ނިޒާމު އިސްލާހު ވެގެން: ރައީސް ނަޝީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ