ޓޫރިޒަމްގެ ބޭނުންތަކަށް، ބިޑުނުކޮށް ރަށްތައް ދޫނުކުރެވޭ ގޮތަށް ޓޫރިޒަމްގެ ޤާނޫނަށް މާފަންނު ދެކުނު ދާއިރާގެ ޕީޕީއެމް މެމްބަރު ޢަބްދުﷲ ރިފާޢު ހުށައެޅުއްވި އިސްލާޙު ސަރުކާރަށް ތާޢީދުކުރާ މެމްބަރުންގެ ވޯޓާއެކު މަޖިލީހުން ބޭރުކޮށްލީ އެއަށްވުރެ ފުރިހަމަ އިސްލާހެއް އެ ޤާނޫނަށް ގެނައުމަށް ސަރުކާރުން ނިންމާފައިވާތީކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު މުޙައްމަދު އަމީތު ވިދާޅުވެއްޖެއެވެ.
މީދޫ ޓައިމްސްއަށް މައުލޫމާތުދެއްވަމުން މެމްބަރު އަމީތު ވިދާޅުވީ އެޤާނޫނަށް އިސްލާހުގެނައުމަކީ ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި ހިމަނާފައިވާކަމެއްކަމަށާއި އެ އިސްލާހު އަންނާނީ ލޯކަލް ޓޫރިޒަމް ނުވަތަ ގެސްޓް ހައުސް ވިޔަފާރިތަކަށްވެސް އަމާޒުވާގޮތަށްކަމަށެވެ.
މި ބިލް މަޖިލީހުން ބޭރުކޮށްލި އަނެއް ސަބަބެއްގެ ގޮތުގައި މެމްބަރު އަމީތު ވިދާޅުވީ ވެރިކަމުގައި ތިއްބެވިއިރު ޤާނޫނުތަކަށް ހިތުހުރިގޮތަކަށް އިސްލާހުގެންނެވި ބޭފުޅުން ވެރިކަން ބަދަލުވުމުން އަލުން ހަމަ އެ ޤާނޫނުތައް ކުރިން އޮތްގޮތަށް ބަދަލުކުރުމަށް އިސްލާހު ހުށައެޅުމުންކަމަށެވެ.
"ހުރިހާ ހަޑިއެއް ހޭވި މީހުން ވެރިކަން ނިމި، ޤައުމަށް އެތަކެއް ގެއްލުމެއް ދީފަ، މިއަދު މެޑަލް ޖެހުމުގެ ބޭނުމުގަ މަޖިލީހަށް ބިލްތައް ހުށައަޅަމުންދިޔުމަކީ ކަންބޮޑުވާކަމެއް"، އަމީތު ވިދާޅުވިއެވެ.
ބިޑުނުކޮށް ރަށްތައް ދޫނުކުރެވޭ އިސްލާޙު ބޭރުކޮށްލީ އެއަށްވުރެ ފުރިހަމަ އިސްލާޙެއް ސަރުކާރުން ހުށައެޅުމަށް - މެމްބަރު އަމީތު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ