ފެނުން އެންމެ ގާތީ ޕީޕީއެމްއިން، ޕީޕީއެމް އިހުތިޖާޖުން ފެނިދާނެ - އުމަރު ނަސީރު

ސިޔާސީގޮތުން ހަރަކާތްތެރިވުން އެންމެ ގާތީ ޕީޕީއެމްގައި ކަމަށް އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އުމަރު މިހެން ވިދާޅުވެފައިވަނީ "ވޮއިސް"އަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައިއެވެ.
އުމަރު އިތުރަށް ވިދާޅުވި ގޮތުގައި ޕީޕީއެމްއަކީ ރައީސް މައުމޫނާ، ރައީސް ޔާމީން އަދި އޭނާ ވެގެން އުފެއްދި ޕާޓީއެއްކަން ފާހަގަކުރައްވާފައެވެ. ހަމަ އެއާއެކު ރައީސް ޔާމީންއާއި ވާދަކުރެއްވުމަށް ޕާޓީއާއި ނުގުޅޭނެކަމަށް ވެސް އުމަރު ވަނީ ފާހަގަކުރައްވަވާފައެވެ.
"އަނިޔާވެރިކަމާ، ބޭއިންސާފާ ޤައުމު ވިއްކާލުމާ ދެކޮޅަށް" ޕީޕީއެމް އިން ރޭ ފާށާފައިވާ ސިލްސިލާ އިހުތިޖާޖުތަކުގައި ވަނީ ރައީސް ޔާމީން ދައުރުގައި ހޯމް މިނިސްޓަރުކަން ކުރައްވާފައިވާ އުމަރު ނަސީރު ބައިވެރިވުމަށް ދައުވަތު އަރުވާފައެވެ.
މިކަމާގުޅިގެން އުމަރު ވިދާޅުވަނީ ޕީޕީއެމް އިހުތިޖާޖުން އޭނާ ފެނުމަކީ ވެދާނެކަމެއްކަމަށެވެ.
"އާދެ އެހެން ވެދާނެ. ޕީޕީއެމް މެންބަރުން އަޅުގަނޑުގެ ލީޑާޝިޕްގެ ފަހަތައް ޖަމާވެ ސަފުތައް އަލުން ރުކުރުވާލަައި، ދީނާ ޤައުމުގެ މިނިވަންކަން ހިމާޔަތް އޮޕޮޒިޝަންއަކަށް އެދޭނަމަ" އުމަރު ވިދާޅުވިއެވެ.
އުމަރު ނަޝީރަކީ ޕީޕީއެމްގެ ގްރާސް ރޫޓް ނުވަތަ އާންމު މެންބަރުންގެ މެދުގައި މަޤުބޫލު ބޭފުޅެއްކަން ފާހަގަކުރެއެވެ. އެގޮތުން ޕީޕީއެމް އުފެދި ބޭއްވުނު ފުރަތަމަ ކޮންގްރެސްގައި ޕާޓީގެ ނައިބް ރައީސް ކަމަށް އިންތިހާބު ވެވަޑައިގެންފައިވަނީ އޭރުގެ ޕާޓީގެ ޒައީމް ރައީސް މައުމޫނަށް ވުރެ ގިނައިން ވޯޓު ހޯއްދަވައިގެންނެވެ.
ރޭ ޕީޕީއެމްގެ އެއްވުމުގައި ވަނީ މުޒާހަރާތަކުން ނަތީޖާ ނެރެވޭ ފެންވަރުގެ ލީޑަރުން ވަރަށް އަވަހަށް އެހަރަކާތުން ފެނިގެންދާނެކަމަށް އިއުލާންކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ