ޕީޕީއެމް އަނބުރާ ހޯދުމަށް ކުރަންޖެހޭ މަސައްކަތްކުރިޔަށް ގެންދަވާނެ ކަމުގައި ޕީޕީއެމްގެ އިންތިޚާބީ ރައީސް ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއިއެކު ރައީސް މައުމޫން އޮފީހުގައި ބޭއްވި ބައްދަލުވުމަކަށްފަހު މިޑީއާއި ވާހަކަދައްކަވަމުން ރައީސް ރައީސް މައުމޫން ވިދާޅުވީ ނިމިގެންދިޔަ ސެޕްޓެމްބަރުމަހުގެ 28ން 29 ހަށް ޕީޕީއެމް އިން ބޭއްވި ކޮންގްރެސްގައި ނިންމާފައިވާ ނިންމުންތަކަކީ ބަލައިގަނެވޭ ނިންމުންތަކެއް ނޫން ކަމަށެވެ.
ރަޖިސްޓްރީ ކޮށްފައިވާ ސިޔާސީ ޕާޓީއެއް ހިންގުމުގައި އަމަލު ކުރަން ޖެހޭނީ އެ ޕާޓީއެއްގެ އަސާސީ ގަވާއިުގައިވާ ގޮތުގެ މަތީން ކަމަށާއި އެހެން ނަމަވެސް ޕީޕީއެމް މިހާރު ހިންގަމުން ދަނީ ޕާޓީގެ އަސާސީ ގަވާއިދާ މުޅިން ހިލާފަށް ކަމުގައި ރައީސް މައުމޫނު ވިދާޅުވިއެވެ.
ރައީސް މައުމޫން ވިދާޅުވީ ރައްޔިތުންނަށް ހާމަކަން ބޮޑު ގޮތެއްގައި ބާއްވަން ޖެހޭ ޖަލްސާއެއް ޕީޕީއެމްގެ މެމްބަރުންނަށްވެސް ވާނުވާ ނޭނގޭ ފަދަ ގޮތަކަށް ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށް ބޭއްވުމަށް ފަހު ނިންމެވި ނިންމެވުންތަކެއް ގަބޫލުފުޅު ނުކުރައްވާނެ ކަމަށެވެ. އަދި ވިދާޅުވީ ކޮންގްރެސް ބާއްވާފައި ވަނީ އަވަސް އަރުވާލައިގެން ކަމާއި ރަށް ރަށުގައި ތިއްބަވާ ޕާޓީގެ ގޮފިތަކަށް ނިސްބަތްވާ ބޭބޭފުޅުންނަށްވެސް ކޮންގްރެސްގައި ބައިވެރިވުމުގެ ފުރުސަތު ދީފައި ނުވާކަން އެމަނިކުފާނު ވަނީ ފާހަގަ ކުރައްވާފައެވެ.
ރައީސް މައުމޫން ވިދާޅުވީ، އިދިކޮޅު ޕާޓީގެ ގޮތުގައި ހަރަކާތްތެރި ވުމަކީ ކޮންމެ ރައްޔިތެއްގެވެސް ހައްގެ ކަމަށެވެ. ރައީސް ޔާމީނަށްވެސް އަދި އެ ނޫން ބޭބޭފުޅުންނަށްވެސް އެ ހައްގު އޮންނާނެ ކަމަށާއި، އެހެން ނަމަވެސް އެ ހައްގުގެ ބޭނުން ކުރަން ޖެހޭނީ ގާނޫނީ އިމުގެ ތެރެއިން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ޕީޕީއެމް ހޯދަން ކުރަންޖެހޭ މަސައްކަތް ކުރިޔަށް ގެންދާނަން: ރައީސް މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ