ޖުޑިޝަރީ ކޮމިޓީގެ މުގައްރިރުކަން ސައްތާރަށް

ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީގެ މުގައްރިރުކަމަށް ހޮޅުދޫ ދާއިރާގެ މެމްބަރު އަބްދުއްސައްތާރު މުހައްމަދު މިއަދު އިންތިހާބުކޮށްފި އެވެ.ޖޭއެސްސީއަށް ހުސްނީ މުބާރަކް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ނިންމީ، ކުރިން މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ކޮމިޝަނުގައި އިންނެވި މާފުށި ދާއިރާގެ ޕީއެންސީގެ މެންބަރު ހުސައިން ރިޒާ އާދަމް ކޮމިޝަނުން އިސްތިއުފާ ދެއްވުމުންނެވެ.  މި ނިންމުމާ އެކު ހުސްނީ ޖުޑިޝަރީ ކޮމިޓީގެ މުގައްރިރުކަމުން ވަކިވެވަޑައިގެންފައިވާތީ، ކޮމިޓީއަށް މުގައްރިރަކާއި ނައިބު މުގައްރިރަކު ކަނޑައެޅުމަށް ކޮމިޓީން ބައްދަލުވުމެއް ބޭއްވި އެވެ.ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުން ނިންމެވީ، މުގައްރިރަށް ސައްތާރު އަދި ނައިބު މުގައްރިރަށް ފުނަދޫ ދާއިރާގެ ޕީއެންސީގެ މެންބަރު މުހައްމަދު މަމްދޫހު އިންތިހާބުކުރުމަށެވެ. ހުސްނީ އަދި ސައްތާރަކީ ވެސް ގާނޫނީ ވަކީލުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ