މިދިޔަ މަހު މެދު ތެރޭ މާލޭގައި ގްރޫޕެއް ވެގެން ބިދޭސީއަކު ރަހީނުކޮށް، ފައިސާތަކެއް ފޭރުނު މައްސަލައެއްގައި އިތުރު ބިދޭސީއަކު ހައްޔަރުކޮށްފި އެވެ. މިއީ މި މައްސަލާގައި ހައްޔަރު ކުރި ތިން ވަނަ ބިދޭސީ މީހާ އެވެ.
ވީ ކިހިނެއް؟ - މި މައްސަލާގައި މިދިޔަ ހުކުރު ދުވަހު ހައްޔަރުކޮށްފައި ވަނީ އުމުރުން 28 އަހަރުގެ ބަންގަލަދޭޝްގެ ފިރިހެނެއް ކަމަށްވާ، އެމްޑީ އަލާލުއްދީން ހިރިޑޯއީ އެވެ. އޭނާގެ ބަންދަށް އިއްޔެ ކޯޓުން ވަނީ 15 ދުވަސް ޖަހައިފަ އެވެ.
ތަފްސީލު - އޭނާގެ ކޯޓު އަމުރުން އެނގޭ ގޮތުގައި:
ހައްޔަރު ކުރި މީހާގެ މައްޗަށް ކުރަނީ ހުއްދަ ނޫން ގޮތުގައި މީހަކު ހިފެހެއްޓުމުގެ ތުހުމަތު
އެ ތުހުމަތަށް ކޯޓުގައި އޭނާ އިންކާރުކޮށްފައިވޭ
މިއީ ގިނަ ބަޔަކު ބައިވެރިވެގެން އަނިޔާވެރިކަން ހިމެނޭ ގޮތަށް ހިންގާފައިވާ އަމަލެއް ކަމަށް ފުލުހުން ހުށަހެޅި ލިޔުންތަކުގައި ފާހަގަކޮށްފައިވޭ
ފުލުހުންގެ ބަސް - ފުލުހުންގެ މީޑިއާ އޮފިޝަލް 'ދައުރު'އަށް ވިދާޅުވީ، މިއީ މިދިޔަ މަހު 15ގައި މައްޗަންގޮޅި ގެސްޓްހުއުސްއެް ތެރޭ ހިނގި ހާދިސާއެކެވެ. އެގޮތުން:
އެ ގެސްޓް ހައުސްތެރޭ ރަހީނު ކުރީ ބަންގްލަދޭޝްގެ ފިރިހެނެއް
އޭނާއަށް އަނިޔާކޮށް، ގިނަ އަދަދެއްގެ ފައިސާ ފޭރިގެންފައިވޭ (އެއީ ކިހާ އަދަދެއް ކަމެއް އަދި ހާމައެއް ނުކުރޭ)
އެމީހާ ރަހީނު ކުރި ރޭ، އުމުރުން 37 އަހަރުގެ ބަންގަލަދޭޝް ދެ ފިރިހެނުން ހައްޔަރުކޮށްފައިވޭ؛ އެ ދެމީހުންގެ ބަންދަށް ފުރަތަމަ ދިން މުއްދަތު ހަމަވެގެން، މިދިޔަ މަހު 30ގައި ކޯޓަށް ހާޒިރުކުރުމުން އިތުރު 15 ދުވަސް ބަންދަށް ޖަހާފައިވޭ
ހުކުރު ދުވަހު ހައްޔަރު ކުރި އަލާލުއްދީން ހައްޔަރުކޮށްފައިވަނީ، މި ހާދިސާގައި އޭނާގެ ބައިވެރިވުން އޮތް ކަމަށް ބެލެވިގެން ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
ގްރޫޕެއް ވެގެން މީހަކު ރަހީނު ކުރި މައްސަލައެއްގައި އިތުރު ބިދޭސީއަކު ހައްޔަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ