ވޯލްޑް ޗެމްޕިއަންޝިޕްގެ ފުރަތަމަ ބުރުގައި ވާދަކޮށް ސާއިދަށް ސީޒަނަލް ބެސްޓް ޓައިިމިންއެއް ވޯލްޑް ޗެމްޕިއަންޝިޕްގެ ފުރަތަމަ ބުރުގައި ވާދަކޮށް ސާއިދަށް ސީޒަނަލް ބެސްޓް ޓައިިމިންއެއް

ޖަޕާނުގެ ޓޯކިޔޯގައި މިހާރު ކުރިއަށްދާ ވޯލްޑް އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި، ރާއްޖެ ތަމްސީލްކުރާ ގައުމީ އެތުލެޓިކްސް ޓީމުގެ، ހަސަން ސާއިދު، 100 މީޓަރު ދުވުމުގެ ފުރަތަމަ ބުރުގައި ވާދަކޮށް، ސީޒަނަލް ބެސްޓް ޓައިމިންއަކާ އެކު ނިންމައިލައިފި އެވެ.
ކެރިއަރުގައި ހަތަރު ވަނަ ފަހަރަށް ވޯލްޑް ޗެމްޕިއަންޝިޕްގައި ވާދަކުރާ ސާއިދު، 33، މިއަދު ހެނދުނު ދުވެފައިވަނީ، ޕްލިމިނަރީ ބުރުގެ ހީޓު ތިނެއްގަ އެވެ. އެ ހީޓުގައި އަށް ދުވުންތެރިންގެ ތެރެއިން ސާއިދު ދިޔައީ ހަތަރު ވަނަ އެވެ. އެއީ، 10.84 ސިކުންތުން ރޭސް ނިންމައިގެންނެވެ.
މީގެ ކުރިން، ސާއިދު ވަނީ، 2015 ވަނަ އަހަރު ބެއިޖިންގައި ބޭއްވި ވޯލްޑް ޗެމްޕިއަންޝިޕާއި 2017 ވަނަ އަހަރު ލަންޑަންގައި ބޭއްވި ވޯލްޑް ޗެމްޕިއަންޝިޕްގައި ވެސް ފުރަތަމަ ބުރުގައި ވާދަކޮށްފަ އެވެ. އެންމެ ފަހުން، 2022 ވަނަ އަަހަރު އޮރެގޯންގައި ކުރިއަށްދިޔަ ވޯލްޑް ޗެމްޕިއަންޝިޕްގައި، ޕްރިލިމިނަރީ ހީޓުގެ ފަސް ވަނަ ހޯދައިގެން ވެސް ސާއިދު ވަނީ ފުރަތަމަ ބުރުގައި ވާދަކޮށްފަ އެވެ. އެހެންކަމުން، ސާއިދު މި ވަނީ، ވޯލްޑް ޗެމްޕިއަންޝިޕްގައި ބައިވެިރވި ހުރިހާ ފަހަރެއްގައި ވެސް ޕްރިލިމިނަރީ ބުރު ފަހަނައަޅައި ކުރިއަށް ގޮސްފަ އެވެ.
މި ފަހަރުގެ ވޯލްޑް ޗެމްޕިއަންޝިޕްގެ ފުރަތަމަ ބުރުގެ ހީޓު ދޭއްގައި، ސާއިދު ވާދަކުރަން ޖެހުނުއިރު، މި ހީޓުގައި، މި ވަގުތު، 100 މީޓަރުގައި ދުނިޔޭގެ ރޭންކިން އެއް ވަނަ ޖެމެއިކާގެ ކިޝޭން ތޯމްޕްސަން ވެސް ދުވުނެވެ. ކިޝޭން، މި ހީޓު ނިންމީ، 9.95 ސިކުންތުންނެވެ. ހީޓުގެ އެންމެ ފަހަތުން ނިންމައި، އަށް ވަނަ އަށް ދިޔަ ސާއިދުގެ ޓައިމިން އަކީ، 10.81 ސިކުންތެވެ. މި ހީޓުގައި، ހަތް ވަނަ އަށް ދިޔަ ޖަޕާނުގެ، ޔޫހީ މޯރީގެ ޓައިމިން އަކީ، 10.37 ސިކުންތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ