ވިލިމާލެ ޕޮލިސް ސްޓޭޝަންގައި ބަހައްޓާފައި ހުރި 31 ކާޓަން ސިނގިރޭޓު ގެއްލުނު މައްސަލައެއް ބަލަނީ ހަ ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި އާރުޑީސީން އާ ކޯޕަރޭޓް ލޯގޯއެއް ތައާރަފްކޮށްފި ވީއައިއޭގެ އާ ޓާމިނަލް އިން ޖަރުމަނުގެ ކޮންޑޯއަށް ހިދުމަތް ދޭން ފަށައިފި

ފިކުރީ މުދާ (އިންޓަލެކްޗުއަލް ޕްރޮޕަޓީ) ޙިމާޔަތްކުރުމަށްޓަކައި “ޕޭޓަންޓާ” ބެހޭ ހާއްސަ ބިލެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
“ވޯލްޑް އިންޓަލެކްޗުއަލް ޕްރޮޕަޓީ އޮގަނައިޒޭޝަން”ގެ ކޮންސަލްޓަންޓް ހެރްމަން ކޯރޓެސްއާއެކު ބޭއްވެވި ބައްދަލުކުރެއްވުމަށްފަހު ސޯޝަލް މީޑީއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ވިދާޅުވީ، ޓްރޭޑްމާކު ބިލް ގާނޫނަކަށް ވުމާއެކު، ޕޭޓަންޓާއިބެހޭ ބިލެއް އެކުލަވައިލުމުގެ މަސައްކަތް މިހާރު ކުރަމުން ދާކަމަށެވެ.. އަދި މިމަސައްކަތް ކުރަމުންދަނީ މިކަމުގެ ތަޖުރިބާކާރު އިދާރާއެއްކަމުގައިވާ “ވޯލްޑް އިންޓަލެކްޗުއަލް ޕްރޮޕަޓީ އޮގަނައިޒޭޝަން”ގެ އެހީތެރިކަމާއެކުގައިކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އަންނަ އަހަރުގެ ތެރޭގައި ރާއްޖޭގައި ފުރަތަމަ ފަހަރަށް އިންޓަރލެކްޗުއަލް ޕްރޮޕަޓީއާއި ބެހޭ އޮފީހެއް ގާއިމުކުރެވިގެންދާނެކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިދާއިރާއިން ކުރެވުނު މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖެއިންވަނީ މިހާރު ލިޔުންތެރިކަމާއި ފަންނުވެރިކަން ހިމާޔަތްކުރުމަށްޓަކައި “ބާން ކޮންވެންޝަން”ގައި ބައިވެރިވެފައިވާކަމަށެވެ. އަދި މިއީ ކުޑަދުވަސްކޮޅެއްގެ ތެރޭގައި ސަރުކާރުން ހާސިލުކޮށްފައިވާ މުހިއްމު މަސައްކަތްތަކެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މިއީ ފަންނުވެރިންނާއި އުފެއްދުންތެރިންނަށް ސަރުކާރުން ވީ ވަޢުދު ފުދިގެންދާ މަންޒަރުތައްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މި މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށްގެންދަނީ، ރައީސް ޑރ. މުއިއްޒު ރިޔާސީ ކަމުގެ ޒިއްމާއާއި ހަވާލުވެވަޑައިގަތީ ރާއްޖޭގައި ކްރިއޭޓިވް އިންޑަސްޓްރީއެއް ގާއިމުކޮށްދެއްވާ، އެ އިންޑަސްޓްރީ ކުރިއަށް ގެންގޮސްދެއްވާނެކަމުގެ މުހިއްމު ވައުދުފުޅާއިއެކުއެވެ. މިއަދު ފެންނަމުން މިދަނީ އެ ވަޢުދުފުޅު ފުއްދެވުމުގައި ޢަމަލީގޮތުން ނަތީޖާ ނެރެދެއްވައި، ހަލުވިކަމާއެކު ހަރުފަތަކަށްފަހު ހަރުފަތެއް ކުރިއަށް ވަޑައިގަންނަވާ އުފާވެރި އަދި އުންމީދީ މަންޒަރެއްކަމަށް ވަޒީރު ފާހަގަކުރައްވައެވެ. މިއީ އުފެއްދުންތެރީންނާއި ފަންނުވެރީންނަށް ބޮޑެތި ފުރުސަތުތަކެއް ހޯދައިދީ، ރާއްޖޭގެ އިޤްތިޞާދަށް އާ ދޮރުތަކެއް ހުޅުވައިދޭނެ މަސައްކަތްތަކެކެވެ.
ސަރުކާރުގެ ފަރާތުން ހުށައެޅި ފިކުރީ މުދާ ހިމާޔަތްކޮށް ކުރިއަރުވާ އޮފީސް އުފެއްދުމުގެ ބިލް ރައީސުލްޖުމްހޫރިއްޔާވަނީ މިދިޔަ އޯގަސްޓް މަހުގެ ތެރޭގައި ތަސްދީގުކުރައްވާފައެވެ. އަދި މިމަހުގެ ތެރޭގައި ސަރުކާރުން ހުށައެޅި ފިކުރީ މުދާ ޙިމާޔަތްކުރުމުގެ ބިލް ކަމުގައިވާ”ޓްރޭޑްމާކް” ބިލް މަޖިލީހުންވަނީ ފާސްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ