ބެލްގްރޭޑް، ސާބިއާ (އޮކްޓޫބަރު 23) - އަނިޔާގެ މައްސަލަތަކާ ހެދި ފޯމަށް އަސަރުކޮށްފައިވާ މަޝްހޫރު ޓެނިސް ތަރި، ސާބިއާގެ ނޮވަކް ޖޮކޮވިޗް އަންނަ ހަފްތާގައި ފަށާ ޕެރިސް މާސްޓާސް މުބާރާތުން ސަބަބެއް ހާމަކުރުމެއް ނެތި ވަނީ ނަގައިފި އެވެ.
އުމުރުން 38 އަހަރުގެ ޖޮކޮވިޗް އެންމެ ފަހުން ކުޅުނު ދެ މުބާރާތުގައި ވެސް އަނިޔާއާ ހެދި ގިނަ އުނދަގޫތަކާ ކުރިމަތިލާން ޖެހުނެވެ. އެ ގޮތުން، މި މަހު ކުޅުނު ޝަންހާއީ މާސްޓާސްގެ ސެމީ ފައިނަލުގައި ޖޮކޮވިޗް ބަލިވީ، އޭރު ދުނިޔޭގެ ރޭންކިން 204 ވަނައިގައި އޮތް ވަލެންޓިން ވަޝެރޯ އަތުންނެވެ. އަދި، މިދިޔަ ހަފްތާގައި ސައުދީ އަރަބިއްޔާގައި ބޭއްވި ސިކްސް ކިންގްސް ސްލޭމްގެ ސެމީ ފައިނަލުން ޖޮކޮވިޗް ވަނީ އަނިޔާގެ ސަބަބުން މެޗު އަވަހަށް ނިންމާލައި، ޓޭލާ ފްރިޓްޒް އަށް މެޗު ދޫކޮށްލައިފަ އެެވެ.
ސޯޝަލް މީޑިއާގައި ޖޮކޮވިޗް ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، އަންނަ ހަފްތާގައި ޕެރިސް މާސްޓާސްގައި ނުފެންނާނެ ކަމަށެވެ.
"ވަރަށް އުފާވެރި ހަނދާތަކެއް ތި މުބާރާތުގައި އެބަހުރި. އަހަރެން ވަރަށް ފަހުރުވެރިވޭ ތި މުބާރާތް ހަތް ފަހަރު ކާމިޔާބު ކުރެވިފައިވާތީވެ، އެކަމަކު، މި އަހަރު ނުފެންނާނެ،" ޓެނިހުގެ ބޮޑެތި މުބާރާތްތައް ކަމަށްވާ، ގްރޭންޑް ސްލޭމްގެ 24 ތަށި ހޯދާފައިވާ ޖޮކޮވިޗް ބުންޏެވެ.
އުމުރުން 40 އަަހަރުން މައްޗަށް ދިޔަސް އެންމެ ފަންތީގައި ޕްރޮފެޝަނަލް ކެރިއަރު ކުރިއަށްގެންދަން ޖޮކޮވިޗަށް ހިތްވަރު ލިބެނީ، ފުޓްބޯޅަ ތަރި، ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ބާސްކެޓް ލެޖެންޑް، ލެބްރަން ޖޭމްސް އަދި އެމެރިކަން ފުޓްބޯޅަ ތަރި ޓޮމް ބްރެޑީ ފަރާތުން ކަމަށް ވަނީ ބުނެފަ އެވެ.
ސަބަބެއް ނުބުނެ ޖޮކޮވިޗް ޕެރިސް މާސްޓާސް އިން ވަކިވެއްޖެ ސަބަބެއް ނުބުނެ ޖޮކޮވިޗް ޕެރިސް މާސްޓާސް އިން ވަކިވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ