ސަޢުދީ ޢަރަބިއްޔާގެ އިސް މުފްތީއެއްގެ ގޮތުގައި ޑރ. ޞާލިހު ބިން ފައުޒާން ބިން ޢަބްދުﷲ އަލްފައުޒާން ހަމަޖައްސަވައިފި އެވެ.
އިސް މުފްތީއެއްގެ ގޮތުގައި ޑރ. ޞާލިހު ބިން ފައުޒާން ހަމަޖައްސަވާފައި މިވަނީ ކުރީން އެ މަގާމުގައި ހުންނެވި އައްޝައިހް އަބްދުލް އަޒީޒް އާލުއް ސައިޚް އަވަހާރަވުމާއި ގުޅިގެންނެވެ. ޝައިހް އަބްދުލް އަޒީޒް އާލުއް ސައިޚް އަވަހާރަވީ މިދިޔަ މަހުގެ 23 ވަނަ ދުވަހު އެވެ.
ސަޢުދީ ޕްރެސް އެޖެންސީން ބުނި ގޮތުގައި އިސް މުފްތީއެއްގެ ގޮތުގައި ޑރ. ޞާލިހު ބިން ފައުޒާން ހަމަޖައްސަވާ ޝާހީ ޤަރާރު ވަނީ ނެރުއްވާފަ އެވެ. އެ ނިންމެވުމަކީ ވަލީ އަޙްމަދު މުޙައްމަދު ބިން ސަލްމާންގެ ހުށައެޅުއްވުމަކަށް ރިއާޔަތް ކުރައްވާ ނިންމެވި ނިންމެވުމެއް ކަމަށްވެސް ރިޕޯޓްތަކުގައިވެ އެވެ.
ސަޢުދީގެ އިސް މުފްތީއަކަށް ޑރ. ޞާލިހު ބިން ފައުޒާން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ