ދަރިޔަކު ނެތީސް ދަރިންނަށް އިހުމާލުވަނީ ކަމަށް ބުނެ މިނިސްޓްރީން ރާޅު މަރިޔަނބުގެ ގެއަށް! ދަރިޔަކު ނެތީސް ދަރިންނަށް އިހުމާލުވަނީ ކަމަށް ބުނެ މިނިސްޓްރީން ރާޅު މަރިޔަނބުގެ ގެއަށް!

މަޝްހޫރު ލަވަކިޔުންތެރިޔާ މަރިޔަމް މައީޝާ (ރާޅު މަރިޔަނބު) ގެ ދަރިއެއް ނުހުންނަނީސް އޭނާ ދަރިއަކަށް އިހުމާލުވަމުންދާ ކަމަށް ތުހުމަތުކޮށް އެ ދަރިފުޅު ނެގުމަށް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓު މިނިސްޓްރީން އޭނާގެ ގެއަށް ގޮސްފި އެވެ.
ޖެންޑާ މިނިސްޓްރީގެ ފަރުވާކުޑަކަން ހާމަވެގެންދިޔަ މި ހާދިސާ ހިނގީ މިއަދުގެ ވަގުތެއްގަ އެވެ. ރާޅު މަރިޔަނބު ވަނީ އެ ވާހަކަތައް އެކްސްގައި ހިއްސާކޮށްފަ އެވެ.
އެގޮތުން، އޭނާގެ ދައްތައަށް މިއަދު އެ މިނިސްޓްރީން ގުޅި ކަމަށާއި އެއަށް ފަހު އޭނާގެ ދެ އަހަރުގެ ދަރިއަކު ހުންނަ ކަމަށް ބުނެފައިވާ ކަމަށް ރާޅު މަރިޔަނބު ލިޔެފައިވެ އެވެ. އަދި ކާކުކަން ނޭނގޭ ގޮތަށް މީހަކު ކޮށްފައިވާ ރިޕޯޓަކަށް ބަލައި ދަރިފުޅު ނަގަން ބޭނުންވާ ކަމަށް މިނިސްޓްރީން ރާޅު މަރިޔަނބުގެ ދައްތަ ކައިރީގައި ބުނެފައިވެ އެވެ.
އޭނާއަށް ނުގުޅައި ދައްތައަށް ގުޅި ސަބަބު ސާފުކުރުމަށާއި މިނިސްޓްރީއަށް އޮޅިގެން ކުރެވުނު ތުހުމަތު ކިޔައިދިނުމަށް ގުޅުމުން ޖަވާބު ދީފައި ނުވާ ކަމަށް ރާޅު މަރިޔަނބު ލިޔެފައިވެ އެވެ.
އެއަށްފަހު ދައްތަގެ ކޯލެއް ލިބުނު ކަމަށާއި އަދި އެވަގުތު ތަހުގީގު ބޭނުމަށް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓު މިނިސްޓްރީން ގެއަށް ގޮސްތިބިކަން އެނގުނު ކަމަށް މައީޝާ ބުނެފައިވެ އެވެ.
މިއީ ވަރަށް ސީރިއަސް ތުހުމަތުތަކެއް ކަމަށާއި ދަރިއެއް ނުހުންނަ ކަމަށް އޭނާ ލިޔެފައިވެ އެވެ.
މޯލްޑިވިއަން އައިޑޮލްއިން މަޝްހޫރުކަން ހޯދި ރާޅު މަރިޔަނބު ވަނީ މިއީ މިނިސްޓްރީގެ ވަރަށް ބޮޑު އިހުމާލެއް ކަމަށް ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ