އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި އަންހެން ޓީޓީ ޓީމުން ކުއާޓާގައި ވާދަކޮށްފި އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި އަންހެން ޓީޓީ ޓީމުން ކުއާޓާގައި ވާދަކޮށްފި

ސައުދީ އަރަބިއްޔާގެ ރިޔާދުގައި ކުރިއަށްދާ އިސްލާމިކް ސްލިޑާރިޓީ ގޭމްސްގެ ޓޭބަލް ޓެނިސް ޓީމު އިވެންޓް ބައިގައި ރާއްޖޭގެ އަންހެން ޓީޓީ ޓީމުން ކުއާޓާ ފައިނަލުގަައި އަޒަރުބައިޖާނާ ދެކޮޅަށް ކުޅެ ބަލިވެއްޖެ އެވެ.
މި ފަހަރުގެ މުބާރާތުގައި އަންހެން ޓީޓީ ޓީމުން ފުރަތަމަ މެޗުގައި، ތުރުކީއާ ދެކޮޅަށް ކުޅެ، 8-0 އިން ބަލިވިއިރު، ދެ ވަނަ މެޗުން މުބާރާތް ބާއްވާ ސައުދީ އަރަބިއްޔާއާ ކުޅެގެން ވަނީ 8-3 އިން މޮޅުވެފަ އެވެ. އެ ނަތީޖާއާ އެކު ކުއާޓާ ފައިނަލަށް ދަތުރުކުރިއިރު، އަޒަރުބައިޖާން އަތުން ބަލިވީ 8-3 އިންނެވެ.
އަޒަރުބައިޖާނާ ދެކޮޅަށް ކުޅުނު ކުއާޓާގެ ފުރަތަމަ ގޭމުގައި ރާއްޖޭގެ ފާތިމަތު ދީމާ އަލީ އާއި އައިޝަތު ރަފާ ނާޒިމްގެ ޕެއާ ވަނީ 2-1 ސެޓުން އަޒަރުބައިޖާންގެ އަސްގަރޯވާ އައިލިން އާއި މަރްޒިޔާ ނުރްމަޓޯވާ އަތުން ބަލިވެފަ އެވެ.
ޑަބަލްސް މެޗެއްގެ ތެރެއިން ރަފާ (ކ) އާއި ދީމާ.--- ފޮޓޯ: އިސްމާއިލް ތޯރިގު / މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ
ދެ ވަނަ ގޭމުގައި، ރާއްޖޭގެ އައިޝަތު އަލްސާ ނާފިޒް ވަނީ 2-1 ސެޓުން އަޒަރުބައިޖާންގެ ޒެމްފިރާ މިކައިލޯވާ އަތުން ބަލިވެފަ އެވެ. ތިން ވަނަ ގޭމުގައި ރާއްޖޭގެ ދީމާ އަތުން އަޒަރުބައިޖާންގެ މަރްޒިޔާ ވަނީ 2-1 ސެޓުން މޮޅުވެފަ އެވެ. ހަތަރު ވަނަ ގޭމްގައި ރަފާ އަތުން ޒެމްފިރާ މޮޅުވީ ސީދާ ދެ ސެޓުންނެވެ.
ތުރުކީގެ ކޮންޏާގައި 2022 ވަނަ އަހަރު ބޭއްވި ފަސް ވަނަ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ ޓޭބަލް ޓެނިހުގެ އަންހެން ކެޓަގަރީގައި ރާއްޖޭން ލޯ މެޑަލް ހޯދި އެވެ. އެ ފަހަރު ރާއްޖޭން ސެމީ ފައިނަލުގައި ބަލިވީ އިރާނާ ވާދަކޮށެވެ.
މި ފަަހަރުގެ ސޮލިޑާރިޓީ ގޭމްސްގައި ރާއްޖޭގެ ޓީޓީ ފިރިހެން ޓީމުން ވަނީ ކުޅުނު ފުރަތަމަ މެޗުން އިރާން އަތުން 8-0 އިން ބަލިވެފަ އެވެ. ދެ ވަނަ މެޗުގައި ގަތަރާ ދެކޮޅަށް ކުޅުން ރަނގަޅުކުރިއިރު، ބަލިވީ 8-4 އިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ